ކުޅުދުއްފުށިން އިތުރު މީހަކު ކޯވިޑް19އަށް ޕޮޒިޓިވް ވެފައިވާކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްިޓަލުން ހާމަ ކޮށްފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އާންމު ކުރި ތަފާސް ހިސާބުތަކުގައި ބުނެފައިވާ ގޮތުން، މޭމަހު 21 ވަނަ ދުވަހުގެ އިރު އޮއްސި 6:00 އިންފެށިގެން މޭ 22 ދުވަހާއި އެއްކޮށް ޓެސްޓު ކުރުމަށްޓަކާ އެރަށުން 64 ސާމްޕަލެއް ނަގާފައި ވެއެވެ. މީގެތެރެއިން ކޯވިޑް19 އަށް ޕޮޒިޓިވެ ވެފައިވަނީ އެންމެ މީހެއްކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައި ވެއެވެ.
ރީޖަނަލް ހިސްޕިޓަލުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކުޅުދުއްފުށީ ސިޓީގައި ކޯވިޑް19އަށް ޕޮޒިޓިވް 13 މީހަކު މިހާރު އެބަތިއްބެވެ. އަދި މީގެތެރެއިން އެއްވެސް މީހަކު މިހާތަނަށް ބަލިން ރަގަޅު ވެފައެއް ނުވެއެވެ.
ރާއްޖޭގައި ހަލުއި ކަމާއެކު ކޯވިޑް19 ފެތުރެމުންދާއިރު، ބަލީގެ ހާލަތު އެންމެ ގޯސްވެފައިވަނީ ވެރިރަށް މާލޭ ސިޓީގައެވެ. މިގޮތުން މާލޭ ސަރަޙައްދުން އެކަނިވެސް 1،518 މީހުން މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މުޅި ރާއްޖެއިން 1،960 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ކޯވިޑް19ގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާއިރު، ކޯވިޑް-19 ޖެހިގެން ފަރުވާދެމުން އައި ޢުމުރުން 39 އަހަރު ދިވެހި އަންހެނަކު މިއަދުވަނީ ނިޔާވެފައެވެ. އޭނަ ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށެވެ. މިއީ ރާއްޖޭގައި މިބަލީގައި ނިޔާވި 123 ވަނަ މީހާއެވެ. މިއީ މިބަލީގައި މިއަދު ނިޔާވި 3 ވަނަ މިހާއެވެ.
ރާއްޖެއިން ކޯވިޑްގައިނިޔާވާ މީހުންގެ ޢަދަދުމިމަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މިމަހު ނިޔާވި މީހުންގެ ޢަދަދު ވަނީ 50އަށް އަރާފައެވެ.
ރާއްޖޭގައި ކޯވިޑް19ގެ ހާލަތު ގޯސްވެ، މިބަލީގައި މީހުން މަރުވަމުންދާ ނިސްބަތް ވަނީ ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނެފައިވަނީ މަރުވެފައިވާ %60 މީހުންނަކީ ވެކްސިން ޖަހާފައި ނުވާ މީހުން ކަމުގައެވެ.
ކޮމެންޓު ފޮނުވާ