މާލޭގެ މަގުތައް ދޮވެ، ޑިސްއިންފެކްޓް ކުރަން ފަށައިފި

މާލޭގެ މަގުތައް ދޮވެ، ޑިސްއިންފެކްޓް ކުރަން ފަށައިފި

Author
ހުސެއިން
22 މެއި 2021 11:01
0

މާލެއަށް ކުރިމަތިވެފައިވާ ކޯވިޑް19ގެ ނުރައްކަރުން ސަލާމަތް ވުމަށްޓަކާ، މާލޭގެ މަގުތަށް ދޮވެ، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.

މިމަސައްކަތް ފައްޓަވާ ދެއްވީ، މާލޭ ސިޓީގެ މޭޔަ ޑރ. މުއިއްޒުއެވެ. މި ހަރާކާތް ފައްޓަވައި ދެއްވުމުގައި މާލޭ ސިޓީގެ އެހެން ބައެއް ކައިންސިލަރުންވެސް ބައިވެރި ވެފައިވެއެވެ. މަގުތަށް ޑިސްއިންފެލްޓް ކުރުމަށް ކުރެވޭ މަސައްކަތުގައި މާލޭގެ ގިނަމަގުތަކެއް ސާފުކޮށް ޑިސްއިންފެކްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭ ސިޓީގެ މޭޔަރުކަމާއި ޑރ. މުއިއްޒު ހަވާލުވެ ވަޑައިގަތުމަށްފަހު، މާލޭގެ އާންމު ހާލަތު ރަގަޅުކުރުމަށް ސިޓީ ކައުންސިލުން އިސްނަގައިގެން ވަނީ ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ.

މިގޮތުން، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ވިދާޅުވީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ޓެކްސީތަކުން ޕާކިންއަށް ދައްކާ 3،000 ރުފިޔާގެ ފީ 750 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާކަމަށެވެ. މިއާއިއެކު ލުއިތަކެއް ލިބިގެންދާނީ އާންމު ރައްޔިތުންނަށާއި، ޓެކްސީ ކުރާ ފަރާތްތަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި މުއިއްޒު ވަނީ، ކޮވިޑް 19 ގެ ނުރައްކާތެރި މި ޙާލަތުގައި، މާލެ ސިޓީގައި ގިނަ ވަގުތު ކަރފިޔު އިޢުލާންކޮށްފައި އޮންނާތީ، ގިނަ ބައެއްގެ ޢާމްދަނީއަށް އަސަރުކޮށްފައި ވާކަމަށް ވިދާޅުވެ، މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުން އެދި ސްޓެލްކޯ އަށާއި އެމްޑަބްލިއު އެސްއީ އަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.