އައްޑޫ ސިޓީގައި ހުންނަ ފްލައިންގ ސްކޫލް، އޭޝިއަން އެކަޑެމީ އޮފް އޭރޮނޯޓިކްސް (އޭއޭއޭ) ގައި ކިޔަވަމުންދާ ދަރިވަނުންނަށް ބަދަލު ދޭން ޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އައްޑޫ ފްލައިން ސްކޫލުގެ ދަރުވަރުންގެ މައްސަލަތައް ހައްލުނުވެ، އެކުދިން ކުރަމުންދާ ޝަކުވާތަކާއި ގުޅިގެން ރޮޒޭނާ ވިދާޅުވި ގޮތުގައި، އައްޑް ފްލައިން ސްކޫލުން އެ ތަނުގައި ކިޔަވަކުންދާ ދަރިވަރުންނަށް ލައްކަ އަހުވާ ދައްކާފައިވާ ކަމުގައެވެ. އަދި ދަރިވަރުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ދިއުމަސް ރޮޒެއިނާވަނީ އެކުދިންނަށް އިލްތިމާސް ކޮށްފައެވެ.
"އަޅުގަނޑު ސަޖެސްޓް ކުރަނީ ހުރިހާ ސްޓޫޑެންޓްސް މި މީީހުން ގޮވައިގެން ކޯޓަށް ދާން. ކޮމްޕެންޒޭޝަން ހޯދަން. ތި ކުދިންނަށް ތި އޭއޭއޭ އިން ކޮމްޕެންޒޭޝަން ދޭން ޖެހޭ. ލައްކަ އަހުވަ ދައްކައިފިއެއްނު" ރޮޒައިނާ ވިދާޅުވިއެވެ.
އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ކުދިންނަށް ހައްލެއް ހޯދާދޭނެކަމަށް ސަރުކާރުން ކުރިން ބުނެފައިވި ނަމަވެސް، މިހާތަނަށްވެސް ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބި އެކުދިން ދަނީ ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅު ކުރަމުންނެވެ.
މިފްލައިން ސްކޫލްގައި ކިޔަވަމުން ދާ ކުދިން، އެކުދިންގެ ކުޔެވުނ ނުނިމި ދިގުލައިގެން ދާ މައްސަލާގައި މީގެކުރިން 86 ދަރިވަރަކު ވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް މި ޕެޓިޝަން ހުށަހެޅުމާއި ގުޅިގެން މީގެތެރެއިން ބައެއް ދަރިވަރުން، އެކި ސަބަބުތައް މެދުވެރިކުރުވާ މި ފްލައިން ސްކޫލުން ވަނީ ވަކި ކޮށްފައެވެ.
މިމަހުގެ 11 ވަނަ ދުވަހު ރައިސް ސޯލިހުވަނީ އެކުދިންނަށް ކިޔެވުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކާ ބޭންކު އޮފް މޯލްޑިވްސިން ލޯނު ހަމަޖައްސަވާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެސްކޫލުގެ މައްސަލަތަކާ ގުޅޭގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކޮށްފައިވާ އޯޑިގައި ފާހަގަ ކޮށްފައި ހުރި މައްސަލަތައް ހައްލު ކޮށްދޭނެކަމަށްވެސް ސަރުކާރުންވަނީ މީގެކުރިން ބުނެފައެވެ.
އަދި ފްލައިން ސްކޫލުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމުގައި އޮތީ ކޮންބައެއްގެ އިހުމާލެއްތޯ ބެލުމަށް މިނިވަން އޮޑިޓެއް ހެދުމަށްވެސް ނިންމާފައިވާ ކަމަށްވެސް ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މި އޯޑިޓްގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ