Ad
ރިޟްވާންގެ މަރާގުޅޭ ގޮތުން މޭޑޭގައި ދެއްކި ކަރުދާސްތައް ގެންދިޔައީ ކުރީސަރުކާރުން: އިމްރާން

ރިޟްވާންގެ މަރާގުޅޭ ގޮތުން މޭޑޭގައި ދެއްކި ކަރުދާސްތައް ގެންދިޔައީ ކުރީސަރުކާރުން: އިމްރާން

Author
މުޙައްމަދު ޖިމީ
21 އޮކްޓޯބަރ 2020 10:54
0

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މައްސަލާގައި ހެކި ހުރިކަމަށް ވިދާޅުވެ މޭޑޭ މުޒާހަރާގައި ދެއްކެވި ކަރުދާސްތައް ކުރީ ސަރުކާރުން އަތުލައި، އެކަރުދާސްތައް ނައްތާލާފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވަނީ 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޞްވާންގެ މައްސަލަ ރައީސް ޔާމިންގެ އިސްތަށިފުޅުގައި އަޅުއްވާ ދެއްކެވި ކަރުދާސްތައް މިހާރު ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

އެސުވާލާއި ގުޅިގެން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ މޭޑޭ މުޒާހަރާއި ގުޅިގެން އެމަނިކުފާނު ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައްޔަރުކުރިކަމަށާއި، އެމަނިކުފާނުގެ އަތްޕުޅުގައި ހުރިކަމަށް ވިދާޅުވި ކަރުދާސްތައްވެސް އެސަރުކާރުގައި ގެންގޮސްފައިވާކަމަށެވެ. އެލިޔުންތައް ނުވަތަ ކަރުދާސްތައް ގެންދެވީ މުޒާހަރާއާއި ގުޅިގެން އެމަނިކުފާނު ހައްޔަރުކުރައްވަން އައި ފުލުހުންކަމަށާއި، މިހާރު އެކަރުދާސްތަކަށްވީގޮތެއް ހޯދަން ޖެހޭނީ ތަހުގީގެއް ހިންގަންކަމަށެވެ. ނަމަވެސް ވަރަށް ގިނަތަހުގީގުތައް ހިންގަން އެބަހުރިކަމަށާއި، ނަމަވެސް އެތަހުގީގައި ހަމައަށްވެސް އަދި ދެވޭނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މޭޑޭގެ މައްސަލާގައި ތިބޭފުޅުންގެ ސަރުކާރުން އަޅުގަނޑު ބަންދުކުރި. އަދި ތިބޭފުޅުންގެ ސަރުކާރުން އަޅުގަނޑު އަތުގައި ހުރި ކަރުދާސްތައް ވަނީ ގެންގޮސްފައި. އެހެންވީމަ އޭރުގެ ފުލުހުންގެ ތެރެއިން އެގެންދިޔަ ބައެއްގެ އެއްޗެހި ވާންވާނެ. ދެން އަޅުގަނޑު ޖެހޭނީ އަލުން ތަހުގީގެއްފަށަން. އެއިރުން ކޮންފުލުހުނެއްތޯ އަލުގަނޑު ހައްޔަރުކުރަން އައީ ކޮންބައެއްތޯ އެ ގެންދިޔައީ. ދެން އަޅުގަނޑަށް އެ ތަހްގީގާއި ހަމައަށް ދެވޭވަރެއް ނުވޭ.

-ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ

2015 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު ނުވަތަ މޭޑޭގައި ކުރި މުޒާހަރާގައި އޭރުގެ ސަރުކާރާއި ދެކޮޅަށް މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވަނީ ގިނަ ތުހުމަތުތަކެއް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މައްސަލައާއި ގުޅޭ ގިނަ ހެކިތަކެއް ހުރިކަމަށް އެ މުޒާހަރާގެ ތެރެއިން މިނިސްޓަރ އިމްރާން ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.