ކޯވިޑަށް ޕޮޒިޓިވެ އަނެއްކާވެސް އިތުރު މަރެއް

ކޯވިޑަށް ޕޮޒިޓިވެ އަނެއްކާވެސް އިތުރު މަރެއް

Author
ހުސެއިން
21 މެއި 2021 05:33
0

ކޯވިޑް19އަށް ޕޮޒިޓިވްވި އިތުރު މީހަކު ނިޔާވެއްޖެކަން އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ހާމަ ކޮށްފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 56 އަހަރު ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ މިއަދު މެންދުރުފަހު 3:45 ގައެވެ. މިއީ މިބަލީގައި ރާއްޖޭގައި ނިޔާވި 119 ވަނަ މީހާއެވެ.

މީގެއިތުރުން އެޗްޕީއޭއިން ހާމަ ކޮށްފައިވާ ގޮތުގައި، ކޯވިޑް19ގައި 93 އަހަރުގެ އަންހެނަކު ރޭގެ 10:44 ގައިވެސް ވަނީ ނިޔާވެފައެވެ. އަދި ރޭ ދަންވަރު 4:06 ގައި މީހަކު ނިޔާވެފައިވާއިރު، މިއަދު ހެނދުނު 10:45ގައިވެސް މީހަކުވަނީ ނިޔާވެފައެވެ. މިއަދު މިހާތަނަށް 3 މީހަކު ވަނީ ނިޔާވެފައެވެ.

އަދި މިހާތަނަށް ކޯވިޑް19އަށް ޕޮޒިޓިވް ވެގެން ރާއްޖޭގައި 119 މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ.

ރާއްޖޭގައި ކޯވިޑް19ގެ ހާލަތު ގޯސްވެ، މިބަލީގައި މީހުން މަރުވަމުންދާ ނިސްބަތް ވަނީ ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނެފައިވަނީ މަރުވެފައިވާ %60 މީހުންނަކީ ވެކްސިން ޖަހާފައި ނުވާ މީހުން ކަމުގައެވެ.

މީގެއިތުރުން އިއްޔެވަނީ ރެކޯޑު އަދަދަކަށް ރާއްޖެއިން ކޯވިޑް19 އަށް މީހުން ޕޮޒިޓިވް ވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް 2100އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވިއެވެ.

ރާއްޖެއިން މިމަހު އެކަނިވެސް 40އަށް ވުރެ ގިނަ މީހުން ނިޔާވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.