ކޯވިޑް19 އަށް ޕޮޒިޓިވްވި އިތުރި މީހަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ހާމަ ކޮށްފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 77 އަހަރު ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ ރޭގެ ދަންވަރު 4:06 ގައެވެ. މިއީ މިބަލީގައި ރާއްޖޭގައި ނިޔާވި 117 ވަނަ މީހާއެވެ.
މީގެއިތުރުން އެޗްޕީއޭއިން ހާމަ ކޮށްފައިވާ ގޮތުގައި، ކޯވިޑް19ގައި 93 އަހަރުގެ އަންހެނަކު ރޭގެ 10:44 ގައިވެސް ވަނީ ނިޔާވެފައެވެ. އެއީ އުމުރުން 93 އަހަރުގެ އަންހެނެކެވެ.
ރާއްޖޭގައި ކޯވިޑް19ގެ ހާލަތު ގޯސްވެ، މިބަލީގައި މީހުން މަރުވަމުންދާ ނިސްބަތް ވަނީ ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނެފައިވަނީ މަރުވެފައިވާ %60 މީހުންނަކީ ވެކްސިން ޖަހާފައި ނުވާ މީހުން ކަމުގައެވެ.
މީގެއިތުރުން އިއްޔެވަނީ ރެކޯޑު އަދަދަކަށް ރާއްޖެއިން ކޯވިޑް19 އަށް މީހުން ޕޮޒިޓިވް ވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް 2100އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވިއެވެ.
ރާއްޖެއިން މިމަހު އެކަނިވެސް 40އަށް ވުރެ ގިނަ މީހުން ނިޔާވެފައިވެއެވެ.
ކޮމެންޓު ފޮނުވާ