ފުލުހުން ހައްޔަރުކުރާ ބައެއް މީހުން ކޯވިޑަށް ޕޮޒިޓިވް ވުމުން ތަހުގީގަށް ހުރަސްތަކެއް

ފުލުހުން ހައްޔަރުކުރާ ބައެއް މީހުން ކޯވިޑަށް ޕޮޒިޓިވް ވުމުން ތަހުގީގަށް ހުރަސްތަކެއް

Author
ހުސެއިން
21 މެއި 2021 09:32
0

ފަހަކަށް، ހަރުކަށި ފިކުރަށް ނިސްބަތްވާ ބައެއް މީހުން ފުލުހުން ހައްޔަރު ކުރިއިރު، ބައެއް މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާތީ، ފުލުހުންގެ ތަހުގީގަށް ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ.

މެއިމަހު 6 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލިހުގެ ރައިސް މުހައްމަދު ނަޝިދަށް އަމާޒުކޮސް ދިން ބޮމުގެ ހަމަލާއާއި ގުޅިގެންނާއި، އަދި ރާއްޖޭގައި ހަރުކަށި ފިކުރަށް ތާއިދުކޮށް އެ ފުކުރު ފަތުރަން މަސައްކަތް ކުރާކަމަށް ތުހުމަތު ކުރެވޭ ބައެއް ފަރާތްތައް ފުލުހުން ވަނީ މާލެއިންނާއި އަދި ރާއްޖެތެރޭގެ ބައެއް ރަށްތަކުންވެސް ހައްޔަރު ކޮށްފައެވެ. މީގެ ތެރޭގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ތުހުމަތު ކުރެވޭ މީހަކު ވަނީ ބ. ދަރަވަންދޫއިންވެސް ހައްޔަރު ކޮށްފައެވެ.

ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުން، ތުހުމަތު ކުރެވޭ ބައެއް މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާތީ، މި މީހުންނާއި ކޮންޓެކްޓްވި ބައެއް ފުލުހުން އައިސޮލޭޓްވާންވެސް ވަނީ ޖެހިފައެވެ. އެހެންނަމަވެސް، މި އޮޕްރޭޝަންގައޮ ހަރަކާތްތެރިވި ފުލުހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމުގެ މައުލުމާތު ލިބިފައެއް ނުވެއެވެ.

އަދި މި ތަހުގީގުތަކަށް މަޑިޖެހުމެއް އަައިސްފައިވަނީ ކޮން މިންވަރަކަށް ކަމެއްވެސް އަދި މިހާތަނަށް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތުހުމަތުގައި ބ. ދަރަވަންދޫން ހައްޔަކުރި އަހްމަދު ފާތިހު ހައްޔަރު ކުރިއިރު ވެސް އޭނާ ހުރީ މާލޭން ރަށަށް ގޮސް ކަރަންޓީނުގައި ކަމަށްވެ އެވެ. އަދި އޭނާ ހައްޔަރު ކުރުމުގައި ހަރާކާތްތެރިވި ފުލުހުން ހަރަކާތްތެރިވެފައިވަނީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މީގެ އިތުރުން މާލޭން ހައްޔަރު ކުރި މީހުންވެސް ހައްޔަރު ކުރުމުގައި ފުލުހުން ހަރަކާތްތެރި ވެފައިވަނީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންކަން ފާހަގަ ކޮށްލެވެއެވެ.

މާލެއާއި ރާއްޖެތޭރޭގައި ފަހަކަސް އައިސް ކޯވިޑްގެ ނުރައްކާތެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި މާލެއިން އިއްޔެވަނީ ރެކޯޑް އަދަދަކަށް މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި މީހުން މަރުވާ ރޭޓްވެސް ވަނީ ވަރަށް ބޮޑުތަކުން އިތުރު ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.