އެމްޑިޕީން އީސައަށް ފިޔަވަޅު އަޅައިފި

އެމްޑިޕީން އީސައަށް ފިޔަވަޅު އަޅައިފި

Author
ހުސެއިން
20 މެއި 2021 07:13
0

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު، އަދި އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރު އަހުމަދު އީސާގެ މައްޗަށް ގެވެށި އަނިޔާގެ ކުށްތަކެއްގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާތީ އާނާގެ މައްޗަށް ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގަވާ ދެއްވުމަށް ދައުލަތުގެ އެންމެހާ މުވައްސަސާތަކަށް އެމްޑީޕީން ގޮވާލައިފިއެވެ.

އިސަގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތަކާ ގުޅޭގޮތުން އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިއީ ސީރިއަސް މައްސަލައަކަށް ވުމާއި ގުޅިގެން، މިމައްސަލާގެ ފުރިހަމަ ޖިނާޢީ ތަހުގީގެއް ކޮށް ނިމެންދެން، އެޕާޓީގެ ގައުމީ މަޖިލީހުންނާއި ޕާޓީގެ އެތެރޭގެ ކޮމެޓީތަކުން އޭނާ އެކަހެރިކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން، އީސަ ތަމްސީލް ކުރާ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރްކަމުން އޭނާ ވަކިކުރުމަށް އެމްޑިޕީގެ ޕީޖީ ގުރޫޕަށް އިލްތިމާސްކުރުމަށްވެސް އެޕާޓީން ވަނީ ނިންމާފައެވެ.

އެހެންނަމަވެސް، މިއަދު އީސަވަނީ، އޭނާ ތަމްސީލު ކުރަމުންދާ އިޖުތިމާޢީ ކޮމިޓީގެ މުގައްރިރްކަމުން އިސްތިއުފާ ދީފައެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ގެވެށިއަނިޔާ އާއި ނުވަތަ އެއްވެސް ބާވަތެއްގެ ލާއިންސާނީ އަނިޔާ އާއި އިންސާނީ ކަރާމަތަށް އުނިކަން އަންނަ ދަށުދަރަޖައިގެ އަމަލުތަކަކީ އެ ޕާޓީން އެއްގޮތަކަށް ވެސް ތަހައްމަލް ކުރާނޭ އަމަލުތަކެއް ނޫން ކަމަށެވެ. އަދި ބުނެފައިވަނީ، އީސަގެ މައްޗަށް ކުރެވުމުންދާ ގެވެށިއަނިޔާގެ ތުހުމަތުގެ ތަހުގީގު ކުރިޔަށް ދާގޮތް ގާތުން ބެލުމުގެ މަސައްކަތް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީތަކުން މިހާރު ވެސް ކުރަމުންދާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.