ޔަމަނުގެ ފުޓުބޯޅަ ޓީމުގެ ކޯޗް ވަނީ ކޯވިޑް ބަލީގައި ނިޔާވެފައި

ޔަމަނުގެ ގައުމީ ފުޓު ބޯޅަ ޓީމުގެ ކޯޗު ކޯވިޑު ބަލީގައި ނިޔާވެއްޖެ

ޔަމަނުގެ ގައުމީ ފުޓު ބޯޅަ ޓީމުގެ ކޯޗު ކޯވިޑު ބަލީގައި ނިޔާވެއްޖެ

ޔަމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް، ސާމީ އަލް-ނާޝް ކޯވިޑް19އަށް ޕޮޒިޓިވެ، އެބަލީގައި ނިޔާވެއްޖެކަމަށް، ޔަމަނުގެ ފުޓްބޯޅަ އެސޯޝިއޭޝަންއިން ހޯމަ ދުވަހު ހާމަ ކޮށްފިއެވެ.

ޔަމަނުގެ ފުޓްބޯޅަ އެސޯސިއޭޝަންއިން ހާމަ ކޮށްފައިވާ ގޮތުގައި، އޭނާ ނިޔާވެފައިވަނީ، އެގައުމުގެ ދެކުނުގެ ޕޯޓު ސިޓީއެއް ކަމުގައިވާ އަދަންގެ ހޮސްޕިޓަލެއްގައި ފަރުވާ ދެވެމުން ދަނިކޮށެވެ.

ޔަމަނުގެ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަލް-ނާޝް އަށް ކޯވިޑް ޖެހިފައިވަނީ، ޔަމަނުގެ ދެކުނުގެ ޕްރޮވިންސެއް ކަމުގައިވާ ޝަބްވާއަށް ގައުމީ ޓީމާއެކީ، ކޭމްޕަކަށް ގޮސްގެން އުޅެނިކޮށެވެ.

ޔަމަނުގެ ގައުމީ ޓީމުން ދިޔައީ، އޭޝިއަން ކަޕް ފުޓުބޯޅަ މުބާރާތަށާއި، އަދި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވާލްޑްކަޕް ފުޓުބޯޅަ މުބާރާތަށް ކޮލިފައި ވުމުގެ އުއްމީދުގައި، ކުރިޔަށް އޮތް ހަފްތާތަކުގައި ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗަކަށް ތައްޔާރު ވަމުންނެވެ. ވޯލްޑްކަޕް ކޮލިފައިންގައި ޔަމަނު ހިމެނިފައި އޮތީ، ސައުދީ އަރަބިއާ، އުޒްބަކިސްތާން، ސިންގަޕޯރ އަދި ފަލަސްތީނާއެކު ގްރޫޕް ޑީގައެވެ.

2014ވަނަ އަހަރުން ފެށިގެން އަހުލީ ހަގުރާމައެއްގެ ތެރޭގައި އޮތް ޔަމުނުގައި ވަނީ ފަހަކަށް އައިސް، ބާރުމިނުގައި ކޯވިޑް19 ފެތުރެން ފަށާފައެވެ. އަދި މިބަލީގެ ނުރައްކާ ބޮޑުވެ، މިހާރުވެސް ހާލަތު ވަރަށް ދަށްކޮށް އޮތް އެގައުމުގެ ސިއްޙީ ނިޒާމަށްވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތި ލާން ޖެހިފައެވެ.

ޔަމަނުގެ އަހުލީ ހަގުރާމަ ފެށިފައިވަނީ، އިރާނުން އެހީތެރިކަން ފޯރުކޮށްދޭ ހޫތީ ހަގުރާމަވެރިން، އެގައުމުގެ ވެރިރަށް ސަނާގެ ކޮންޓްރޯލް ނަގާ، އަދި އެގައުމުގެ އުތުރުގެ ބޮޑުބައެއް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަ ހިސާބުންނެވެ. އަދި ނަތީޖާއެއްގެ ގޮތުން، އެގައުމުގެ ރައީސް އަބެޑް ރައްބޯ މަންސޫރު ހާދީއަށް، ޔަމަނުގެ ދެކުނުގެ ސަރަހައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވިއެވެ. އަދި ފަހުން އޭނާވަނީ ގައުމު ދޫކޮށް ސައުދީ އަރަބިއާއަށް ވަޑައިގެންފައެވެ.

އެމެރިކާއިން އެހީތެރިވެދީގެން، 2015 ވަނައަހަރު، އަރަބި ކޯލިޝަންއިންވަނީ، ހޫތީންނާ ދެކޮޅަށް ހަމަލާދީ، ހާދީގެ ވެރިކަން އަބުރާ އިއާދަކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *