އިސްރާއިލުން މަސައްކަތް ކުރަނީ ފަލަސްތީނުގެ ނަސްލު ނެތިކޮށްލުމަށް: ޑީއެންއޭ

އިސްރާއިލުން މަސައްކަތް ކުރަނީ ފަލަސްތީނުގެ ނަސްލު ނެތިކޮށްލުމަށް: ޑީއެންއޭ

Author
މުޙައްމަދު ޝަޒައިމް
17 މެއި 2021 12:16
0

އިޒްރާއިލުން މަސައްކަތް ކުރަމުންދަނީ އިންސާނީ ނަސްލެއް ނެތިކޮށްލުމަށް ކަމުގައި ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިން ބުނެފިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްޠީނުގެ ކުށެއްނެތް ރައްޔިތުންނާއި ތުއްތު ކުދިން މަރަމުން ގެންދާ ގެންދިއުން ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ އެކު ޑީ.އެން.އޭ ހަރު އަޑުން ކުއްވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަލަސްޠީނަށް މިކަމުން ވަނީ ދަތި، އުނދަގޫ އަދި ނިކަމެތިކަން އިޙުސާސް ވެފައިކަމަށާއި، ޤަޒާ އަށް ރޮކެޓްގެ ހަމަލާދީ، ޢިމާރާތް ތަކާއި، ޢާންމު ރައްޔިތުންގެ ގެތަކާއި، އަސާސީ ކަންކަން ހަލާކުކޮށް އެތައް ބައެއްގެ ފުރާނަ ގެއްލުވާލާފައިވާތީ ނުބައި ބައި ޢަމަލުތައް ކުއްވެރިކުރާކަމަށް އެންޑީއޭއިން ބުނެފައިވެއެވެ.

މެއި މަހުގެ 10 ވަނަ ދުވަހު މަސްޖިދުލް އަޤްސާ އަށް އިޒްރޭލު ފުލުހުން ކަރުނަ ގޭހާއި ރަބަރު އުންޑައާ އެކު ވަދެ 600 ފަލަސްޠީނު ރައްޔިތުން ޒަހަމް ކޮށްފައިވާ ކުރުން މިއީ އެމީހުން ހިންގާފައިވާ މި ޢަމަލު ހިންގާފައިވާ ގޮތުގެ އިންސާފުވެރި ސަބަބު ބަޔާންކޮށްދެވޭނޭ ކަމެއް ނޫންކަމަށްވެސް ވަނީ ބުނެފައެވެ.

ޤަޒާ އަށް ދީފައިވާ މިސައިލްގެ ހަމަލައިގައި ދުނިޔެ ދޫކޮށްފައިވާ 132 ފަރާތުގެ ތެރެއިން، 32 ފަރާތަކީ ތުއްތު މެދު އިރުމަތީގެ އެންމެ ބާރުގަދަ ދައުލަތުން ދިނުމަށްއެކަށީގެން ނުވާ ވަރުގެ ހަމަލާތަކެއް ފަލަސްޠީނުގެ ކުށެއް ނެތް ރައްޔިތުންނަށް އަމާޒުކޮށްގެން ދޭ ދިނުން މިއީ އެއްވެސް ޙާލެއްގައި އިންސާފުން ބަޔާން ކުރެވޭނެ ކަމެއް ބޭނުން ކުރަމުންދާ ބާރުގެ ބޮޑުމިން މިއީ ބަޔަކަށް ދިނުމަށް ނުބައްދަލު ބާރެއްކަމުގައި އެކަނި ނުބެލެވޭނެކަމަށް ޑީއެންއޭއިން ބުނެއެވެ.

މިއީ އިންސާނީ ވަންތަކަން ނެތް ނުބައި ޢަމަލެއް. މިއީ ފަލަސްޠީނުގެ ނަސްލު ނެތިކޮށްލުމަށްޓަކައި ހިންގަމުންގެންދާ ޢަމަލެއް. މި ޢަމަލަކަށް ހަމަނުޖެހުމެކޭ މިއީ. މިއީ ފުލުހުން ޢާންމު ރައްޔިތުންގެ މައްޗަށް ބާރު ފޯރުވައިގެން ޒަމާނީ ގޮތުން ވަކި ނަސްލެއް ނެތިކޮށްލުމަށްޓަކައި ހިންގާ ޢަމަލެއް.

– އެންޑީއޭގެ ބަޔާނުގައިވެއެވެ.

އިޒްރޭލުން އެތައް ބައެއް މަރަމުން ގެންދާ ހިނދު، އެމެރިކާ، އޮސްޓްރޭލިޔާ، ކެނެޑާ، އިނގިރޭސި ވިލާތު، ސޭސްވިލާތު އަދި ބެލްޖީއަމުން އިޒްރޭލުން މި ހިންގާ ޣައިރު ޤާނޫނީ ޢަމަލުތަކަށް ކެނޑިނޭޅި ތަރުހީބު ދޭ ދިނުން އެން.ޑީ އޭ އިން ވަނީ ކުށްވެރިކޮށްފައެވެ. އަދި އިޒްރޭލުން ވަނީ މި މައްސަލައިގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާއިގެ އުޞޫލުތަކާ ކެނޑިނޭޅި ޚިލާފުވެފައިކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ީ ީއިބްރާހިމް
މަނިކުފާނުންގެ ވާހަކަފުޅައް ތާއީދު ކުރަން