ރައީސް ނަޝީދުގެ ފުރާނައަށް އަމާޒުކޮށް ދިން ހަމަލާގައި ލިބުނު އަނިޔާގެ މަންޒަރު ފެންނަ ފޮޓޯއަކަށްފަހު އިތުރު ފޮޓޯއެއް މިއަދު އާންމުކޮށްފިއެވެ.
މިއަދުގެ ފޯޓޯގައި ރައީސް ނަޝީދު ހުންނަވީ ވަރަށް ހަމަޖެހިލައިގެން މަޖިލިސް ނާއިބް ރައީސް އީވާ އަބްދުﷲގެ ފިރިކަލުން ސާބެއާއިއެކުގައެވެ. އިއްޔެ އާންމުންނަށް ހިއްސާކުރި ފޮޓޯތަކާއި ގުޅިގެން ގިނަ ބައެއްގެ ހިތަށް ނުތަނަވަސްކަން ގެނުވިނަމަވެސް މިއަދުގެ ފޮޓޯއާއިއެކު ގިނަ ބަޔަކަށް ވަނީ ހިތްހަމަ ޖެހުން ގެނުވާފައެވެ.
Hello Berlin. @MohamedNasheed pic.twitter.com/F7id2mqyTa
— Eva Abdulla ?❓ (@evattey) May 16, 2021
ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށްގެން ދީފައިވާ މި ހަމަލާއިން އެމަނިކުފާނުގެ ޞިއްޙީ ހާލުކޮޅު ރަނގަޅުވަމުންއައި ކަމުގައި ވީނަމަވެސް، އެމަނިކުފާނުގެ ފުރާނަފުޅަށާއި ދިވެހި ރައްޔިތުންނަށް އޮތް ނުރައްކާ ފިލާނުދާކަމަށް މަޖިލީހުން ވަނީ ބުނެފައެވެ. އަދި މި ފުރުސަތުގައި ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ހިންގަމުންދާ މިފަދަ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި ފަދަ އަމަލުތަކުން ރާއްޖޭގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައިވާކަމީ ނުހަނު ކަންބޮޑުވާކަމެއްކަމުގައި މިބަޔާނުގައި ބުނެފައިވެއެވެ.
— Ahmed Azim (Anju) (@AnjuAzim) May 16, 2021
ރައީސް ނަޝީދުގެ ހަމަލައާއި ގުޅިގެން އެތެރޭގެ ބޮޑު ތަހުގީގެއް ފެށިގެން ކުރިއަށްދާއިރު، ތަހުގީގުގެ މަރުހަލާގައިވެސް އެކި ގޮތަށް ދަނީ ވާހަކަތައް ދެކެވެމުންނެވެ. ޚާއްސަކޮށް މިނިސްޓަރ މާރިޔާއަށް މިހާދިސާގެމައުލޫމާތު ކުރިން ލިބި އެއްވެސް ފިޔަވަޅެއް ނާޅާކަށްބުނެ ގިނަ ބަޔަކު ދަނީ މާރިޔާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ