މާބައިދޫ ކައުންސިލް ރައީސްގެ ހުވާކުރުންވެސް ފަސްކުރުމަށް އަމުރުކޮށްފި

މާބައިދޫ ކައުންސިލް ރައީސްގެ ހުވާކުރުންވެސް ފަސްކުރުމަށް އަމުރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
16 މެއި 2021 05:34
0

ލ. މާބައިދޫ ކައުންސިލްގެ ރައީސް ހުވައި ކުރުން ފަސްކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފިއެވެ.

ހައިކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ 10 އެޕްރީލް 2021ގައި ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ގައި، ލ.މާބައިދޫ ކައުންސިލްގެ ރައީސްގެ ވޯޓާ ގުޅިގެން، ލ.މާބައިދޫ މާހަލް، ޙަސަން ޢާދިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މި މައްސަލަ ނިމުމުގެ ކުރިން ލ.މާބައިދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުމަކީ އެ ވޯޓާ ގުޅިގެން މައްސަލަ ހުށަހަޅާފައިވާ ފަރާތާއި އިންތިޚާބުގައި ވާދަކުރި ފަރާތްތަކުގެ ޙައްޤަކަށް އުނިކަން އަތުވެދާނެކަމެއް ކަމަށެވެ.

އަދި މި އިންތިޚާބީ ޝަކުވާގެ މައްސަލައިގައި ފައިޞަލާކުރަނިވި ޙުކުމެއް ކުރެވެންދެން، ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުން ވަކިގޮތަކަށް އަންގަންދެން، ލ. މާބައިދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުން ފަސްކުރުމަށް ހައިކޯޓުގެ ޤަވާއިދުގެ 69 ވަނަ މާއްދާގެ ދަށުން އަމުރު ކޮށްފައިވާކަމަށެވެ.

ކައުންސިލް އިންތިޚާގައި އިންތިޚާބީ ކައުންސިލަރުން ހުވާކުރުން މާދަމާ ބޭއްވުމަށް އެލްޖީއޭއިން ވަނި ހަމަޖައްސާފައެވެ. މިއަދު ވަނީ ފިއްލަދޫ ކައުންސިލް ރައީސްގެ ހުވާކުރުންވެސް ފަސް ކުރުމަށް ހައިކޯޓުން އަނުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނަސީމް
ދިވެހިރާއްޖޭގެ ހައިކޯޓަކީ ރައްޔިތުން އިތުބާރުކުރާ އަދިޤަދަރާއި އިހްތިރާމްކުރާ މިނިވަން މުސްތަޤިއްލު މުއަށްސަސާއެއް އަޅުގަނޑުމެން ޤަބޫލްކުރަނީ އަބަދުސް އަދުލްއިންސާފުގެ ދާއިރާއަކީ ދިވެހިރައްޔިތުންނަށްް އިންސާފާއި ހައްޤުތައްް ކަށަވަރުކޮއްދެއްވާނެތަނެއްގެ ގޮތުގައި! ނިމިގެންދިޔަ ލޯކަލްސައުންސިލް އިންތިހަބުގައި ބައެއްދާއިރާތަކުގެ ރައްރަށުގެ ކައުންސިލް ރައީސްކަމަށް ކުރިމަތިލެއްވިބި ބޭފުޅުންގެ ހައްގުތަށް ގެއްލޭނެގޮތަށްް ކަންތައްތައް ހިނގާފައިވޭ!