ދިވެހިން ފަލަސްތީނާއިއެކު، ޚާއްސާ ހަރަކާތެއް އަންގާރަ ދުވަހުގެ ހަވީރު

ދިވެހިން ފަލަސްތީނާއިއެކު، ޚާއްސާ ހަރަކާތެއް އަންގާރަ ދުވަހުގެ ހަވީރު

Author
މުޙައްމަދު ޝަޒައިމް
16 މެއި 2021 09:15
0

ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކޮށްދިނުމަށް އަންގާރަ ދުވަހު ޚާއްސަ އިވެންޓް ކުރިއަށް ދިއުމަށް ހަމަޖެހިއްޖެއެވެ.

ކޯވިޑް-19ގެ ބަލި މަޑުކަމާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓަކީ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތުގައި ބައިވެރިވުމަށް އެއްވެސް މީހަކު ގެއިން ބޭރަށް ނިކުންނާކަށް ނުޖެހެއެވެ. އެމީހަކު ހުރި ގެއްގެ ބެލްކަންޏަށް ޤައުމީ ދިދައާއިއެކު ނިކުމެލުމުން މި ހަރަކާތުގައި ބައިވެެރިވެ ލެވުނީއެވެ.

‘ދިވެހިރާއްޖެ ފަލަސްޠީނާއެކު’ އިވެންޓް ކުރިއަށް ދާނީ އަންގާރަ ދުވަހުގެ 16:00 އިން18:00 އަށެވެ. އެ ވަގުތުގައި ގޭގެ ބެލްކަންޏަށް ނުކުމެ ފަލަސްޠީން އަދި ދިވެހި ދިދަ ވިހުރާލުމާ ދެއްވުމުން މި އިވެންޓްގައި ބައިވެރިވެވުނީއެވެ. އިވެންޓް އިންތިޒާމް ކުރާ ފަރާތުން އެދެނީ، ބެލްކަންޏެއް ނެތް ބޭފުޅުން، ގޭގެ ދޮރުމައްޗަށް ނުކުމެ ދިދަ ވިހުރާލަދެއްވުމަށެވެ.

ގާޒާއިން ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލަށް އަމާޒުކޮށް އެތައް ސަތޭކަ ރޮކެޓެއް އުދައްސަމުން ދާއިރު، އިސްރާއީލުންދަނީ މެދުނުކެޑި ގާޒާ ސިޓީއަށް މިސައިލް ހަމަލާތައް ދެމުންނެވެ. މިހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 126 މީހަކުވަނީ ޝަހީދުވެފައެވެ.

މީގެތެރޭގައި 31 ކުޑަކުދިންނާ 20 އަންހެނަކު ހިމެނެއެވެ. އަދި އިސްރާއީލުންވަނީ 7 މީހަކު މަރުވެފައެވެ. މީގެތެރޭގައި އެއް ކުޑަކުއްޖަކާ ސިފައިންގެ މީހަކު ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.