އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ފަސްކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ފަސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 މެއި 2021 03:33
0

މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު އެތާރީޚުގައި ނުބާއްވައި ފަސްކުރުމަށް ނިންމާފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބުނެފައިވަނީ މިނިންމުން ނިންމާފައިވަނީ، އެޕާޓީގެ ރައީސް، ރައީސް މުޙަންމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްދީ، އެމަނިކުފާނުގެ ޙާލުކޮޅު ސީރިއަސްވެ، އެމަނިކުފާނަށް ފަރުވާދެމުން ގެންދާ މިވަގުތުގައި ޕާޓީގެ ދާއިރާތަކުގެ އިންތިޚާބު ބޭއްވުމުގެ މަސައްކަތައިގެން ކުރިއަށް ގޮސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚު (29 މެއި 2021) ގައި އެ އިންތިޚާބު ބޭއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީ ކަމަށެވެ.

ދާއިރާތަކުގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ކުރިއަށް އޮތް 10 (ދިހައެއް) ދުވަހުގެ ތެރޭގައި ކަނޑައެޅުމަށްފަހު އިޢުލާނު ކުރާނެ ކަމަށާއި، އިންތިޚާބު ފަސްކޮށްފައިވީ ނަމަވެސް، އިންތިޚާބާ ގުޅޭގޮތުން ޕާޓީން މިވުގަތަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން ގެންދާނެ ކަމުގައި އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ އިންތިޚާބު ފަސްކުރުމަށް ނިންމާފައިވައިރު، ރައީސް ޞާލިވެސް ވަނީ މިދަނޑިވަޅުގައި އިންތިޚާބު ނުބާއްވައި އިންތިޚާބު ފަސްކުރުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.