އާޒިމް ތަޢުބާވުމަށް ޑރ. އިޔާޒު ގޮވާލައްވައިފި

އާޒިމް ތަޢުބާވުމަށް ޑރ. އިޔާޒު ގޮވާލައްވައިފި

Author
މުޙައްމަދު ޝަޒައިމް
15 މެއި 2021 11:21
0

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ކުރެވުނު ސުވާލުތަކުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ދައްކަވާފައިވާ ވާހަތަކުގައި ދިޔާއެއްޗެއްގެ ވާހަކަ ދައްކަވާފައިވާތީ، އެކަންސާފުކޮށްދީ އަވަހަށް ތައުބާވުމަށް ދީނީ އިލްމުވެރިޔާ ޑރ.އިޔާޒު އާޒިމަށް ގޮވާލައިފިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުކަންވެސް ކުރައްވާ އަލީ އާޒިމްއަކީ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް މަޖިލީހުން އާންމުކުރި އެސެޓްރިކަވަރީ ކޮމިޝަންގެ ލިސްޓުގައި ނަން އޮތް ބޭފުޅެކެވެ. ނަމަވެސް އާޒިމް ވަނީ މިކަމަށް އިންކާރު ކުރައްވާފައެވެ. އޭނާ ދުވަހަކުވެސް އެފައިސާގައި ޖެހިފައި ނުވާނެކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ޚިޔާނާތައި ގުޅިގެން އާޒިމް ދެއްކެވި ވާހަތަކުގައި އޭނާއަށް އަދީބުގެ އަތުން ލިބުނީ ދިޔާއެއްޗެއްކަމަށް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ގިނަބަޔަކު އެކަމާއި ސުވާލު ކުރަމުންދިޔަ ނަމަވެސް އާޒިމް އެސުވާލަށް ޖަވާބެއް ނުދެއްވައެވެ. މިކަމާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ މިއަދު މިސުވާލަށް ޖަވާބު ނުދެއްވި ކަމުގައިވީނަމަވެސް ސުވާލުގެ ޖަވާބު ލިބޭނެ ދުވަހެއް އޮތްކަމަށެވެ. އެހެންކަމުން އެދުވަހަށް ބިރުވެތިވެ އަވަހަށް ތައުބާވުމަށް ޑރ.އިޔާޒުވަނީ އާޒިމްއަށް ގޮވާލާފައެވެ.

އެދުވަހުން ތިބާކޮށްފައިވާ އަމަލުތަކާއި، ގުޅޭގޮތުން ތިބާގެ ގުނަވަންތައް ހެކިދޭނެ. ދަބަހަށްއެޅީ ކޮންކަހަލަ ދިޔާ އެއްޗެއް ކަމާއިމެދު ގުނަވަންތައް ހެކިދިނީމާ ދެނެއް ސަލާމާތެއް ނުވާނެ. އަލީ އާޒިމް އަވަހަށް ތައުބާވޭ.

– ޑރ.އިޔާޒް ވިދާޅުވިއެވެ.

އޮންލައިން ނޫހަށް އާޒިމް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ ދަބަހަކަށް އަަޅައިގެން ގެންދިޔައީ “ދިޔާ އެއްޗެއް” ކަމަށާއި އެއީ އަދީބުގެ ފަރާތުން އަބްދުﷲ ޖަލީލު (ކޭން ސޭޓު) އަށް ދޭން ދިން އެއްޗެއް ކަމަށް އާޒިމް ވިދާޅުވިއެވެ. މިމޭރުމުން އާޒިމް ވިދާޅުވެފައިވަނީ އާޒިމް އާއި އަދީބާއި ދެމެދު ފޯނުން ދައްކާފައިވާ ވާހަކަތަކެއް ލީކުވުމާއި ގުޅިގެންނެވެ.

އެ މެސެޖުތަކުގައި އަދީބު އާޒިމް ކައިރީ ފެންޓަސީ ކުރިމައްޗަށް އައުމަށް ބުނެފައިވެއެވެ. ފެންޓަސީ ކުރިމަތީގައި ހުންނަނީ އަދީބާއި އެކު އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި ވިޔަފާރިވެރިޔާ ހާމިދު ސޭޓު މެންގެ ގެއެވެ. އޭރު އެކި ފަރާތްތަކަށް ފައިސާ ބަހާފައިވަނީ އެގެއިންނެވެ. އާޒިމަށް މެސެޖުކޮށް އެގޭ ކައިރިއަށް އައުމަށް އަދީބު އެދިފައިވާއިރު، އާޒިމް ކައިރީ ދަބަހެއް ގެންނަންވެސް އަދީބު އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.