މައުލޫމާތު ލިބި، ފިޔަވަޅު ނޭޅުމަކީ މާރިޔާ ވަގުތުން އިސްތިއުފާ ދެއްވަންޖެހޭ ކަމެއް: އުމަރު

މައުލޫމާތު ލިބި، ފިޔަވަޅު ނޭޅުމަކީ މާރިޔާ ވަގުތުން އިސްތިއުފާ ދެއްވަންޖެހޭ ކަމެއް: އުމަރު

Author
މުޙައްމަދު ޝަޒައިމް
14 މެއި 2021 09:08
0

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދެއްވަން އުޅުނުކަމުގެ މައުލޫމާތު ދިނުމުންވެސް، އެކަމަށް ފިޔަވަޅު ނޭޅި ހުއްޓައި ރައީސް ނަޝީދަށް ހަމަލާ ދެވިގެންދިޔަކަމީ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ މަޤާނުން އިސްތިއުފާ ދެއްވަންޖެހޭ ކަމެއްކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ޓެރަރިސްޓް ހަމަލާ ދީފައިވަނީ، އެމަނިކުފާނަށް ހަމަލާއެއް ދޭން އުޅޭކަމުގެ މަޢުލޫމާތު މިނިސްޓަރ މާރިޔާއަށް ދެއްވިކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ވިދާޅުވެފައެވެ.

މިމައްސަލާގައި އުމަރު ވިދާޅުވީ މިނިސްޓަރ މާރިޔާ އަށް މަޢުލޫމާތު ލިބި އެ ކަމަށް ފިޔަވަޅު ނާޅުއްވާ އޮއްވާ، ރައީސް ނަޝީދު އަށް ހަމަލާ އެއް ދެވުނު ކަމީ މިނިސްޓަރ ގެ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ. މިއީ އެކަމަނާ ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމެއް ކަމަށާއި، މި ފަދަ ސީރިއަސް އިހުމާލު ތަކުގައި ޒިންމާ ނުނަންގަވާ ރެކެވޭނެ އެއްވެސް ގޮތެއް އޮވެގެން ނުވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

3 މިލިއަން ޑޮލަރު ހުށަހަޅައިގެން މި ފަދަ ނުރައްކާތެރި ކަމެއް ރާވާ ކަމުގެ މަޢުލޫމާތު މަޖްލިސް ގެ މެންބަރަކު މިނިސްޓަރ މާރިޔާ އަށް ފޯރުކޮށް ދިނުމުން އެކަން ފުލުހުންނަށް އެންގުމަކީ މިނިސްޓަރ މާރިޔާގެ ޤާނޫނީ ޒިންމާ އެއް. އިސްތިއުފާ ދެއްވާ.

– އުމަރު ވިދާޅުވިއެވެ.

މެއި 06، 2021 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ދިން ހަމަލާއާ ގުޅޭ މަޢުލޫމާތު އިލްޔާސްއަށް ކޮންމެވެސް މިންވަރަކަށް ލިބިފައިވާކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުންނާއި، އަދި ޑިފެންސް މިނިސްޓަރ މީޑިޔާގައި ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން އިލްޔާސް ވަނީ ބަޔާނެއް ނެރުއްވާފައެވެ.

އިލްޔާސް ވިދާޅުވެފައިވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަކުމުގެ މަޢުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާގުޅިގެން، އެ މަޢުލޫމާތު ވަގުތުން ރައީސް ނަޝީދަށް ހިއްސާކުރިކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދަށް ހަމަލާދިން މައްސައްލައިގެ ތަޙްޤީޤަށް ދޭންޖެހޭ މަޢުލޫމާތާއި މިހާރުވެސް ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިމައްސަލަ ތަޙްޤީޤުކުރަމުން ދަނިކޮން، މިމައްސަލައާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކަށް ލިބިފައިވާ މަޢުލޫމާތު، ޒިންމާދާރު މަޤާމުތަކުގައި ތިބޭ މީހުން އާންމުކޮށް، އެމަޢުލޫމާތު މީޑިއާގައި ބަހުސްކުރުމަށް ހުޅުވާލުމަކީ ޒިންމާދާރުކަމެއްކަމުގައި ޤަބޫލުނުކުރެވޭކަމަށްވެސް އިލްޔާސް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަޝީދު
ތެދުހަދަން އެނގޭހާލުގަ މިހުރިހާދުވަހުގަ ދޮގުހަދަހަދާ ތިހުންނަނީ