ނޮޅިވަރަންފަރު ޒުވާނަކު ގެއްލިގެން ހޯދަނީ

ނޮޅިވަރަންފަރު ޒުވާނަކު ގެއްލިގެން ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
14 މެއި 2021 06:24
0

މިދިޔަ މަހުން ފެށިގެން ހދ. ނޮޅިވަރަންފަރުން ގެއްލުނު ޒުވާނަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދަނީ ހދ.ނޮޅިވަރަންފަރު އުމުރުން 25 އަހަރުގެ މިސްބާހު މުހައްމަދު ކަމަށެވެ. މިމީހާ ގެއްލުނު ސަބަބެއް އަދި ގެއްލިފައިވާ ގޮތުމުގެ މައުލޫމާތެއް ފުލުހުން ހިއްސާ ކުރައްވާފައި ނުވެއެވެ.

މިމީހާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާއި ހިއްސާ ކުރުމަށް ވަނީ އެދިފައެވެ. އެގޮތުން 9631696 އަށް ނުވަތަ 3322111 ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.