ރާއްޖެއިން ކޯވިޑު-19 ގައި މިއަދު ހަތަރު ވަނަ މީހަކު މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ އުމުރުން 78 އަހަރުގެ ފިރިހެނަކު މެންދުރު 12:48 ހާއިރު މަރުވެފައިވާ ކަމަށެވެ.
މި ބަލީގައި މިއަދު ކުރިން ނިޔާވެފައިވަނީ އުމުރުން 86 އަހަރުގެ ދެ މީހަކާއި 64 އަހަރުގެ މީހެކެވެ. މި ތިން މީހުންގެ ތެރެއިން ފުރަތަމަ ނިޔާވި 86 އަހަރުގެ ދިވެހި ފިރިހެނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ މީހެކެވެ. މި މީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 02:24 ގައެވެ. ދެން މިބަލީގައި މިއަދު ނިޔާވެފައިވަނީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަކީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ މީހެކެވެ. މިމިހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 06:30 ގައެވެ.
މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި 3 ވަނަ މީހަކީ 86 އަހަރުގެ ދިވެހި އަންހެނެކެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔުގައި ފަރުވާދެމުން ގެންދަނިކޮށް މި މީހާ ނިޔާވީ ހެނދުނު 09:05 ގައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މި ތިން މީހުންނާއި އެކު މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 91 އަރާފައެވެ.
ކޮމެންޓު ފޮނުވާ