ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށް އެ ފިޔަވަޅުތަކަށް އަމަލުކުރާކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުންގެ ހިދުމާތާއި ގައުމީ ދިފާއު ބާރުން ވަރުގަދަ މަސައްކަތްތަކެއް ފަށައިިފިއެވެ.
ސިފައިން ވަނީ ފުލުހުންނާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ބައިވެރިވާން ފަށަފައިވާކަމަށްވެސް ވިދާޅުވެފައެވެ. ކޯވިޑްގެ ހަތަރުވަނަ ރާޅާއިއެކު ނުރައްކާތެރި ހާލަތެއްގައި ރާއްޖެ އޮތްއިރު، މިހާލަތުގައިވެސް އަޅާފައިވާ ފިޔަވަޅުތަކަށް ބޯނުލަބައިގެން ބައެއް މީހުންނަށް ޤާނޫނީ ފިޔަވަޅު އަޅަމުންދާކަން ފާހަގަކޮށްލެވެއެވެ.
? @MNDF_Official collaborating with @PoliceMv in enforcing @HPA_MV guidelines to help curb the spread of COVID-19.
Please adhere to the HPA guidelines and help #StopTheSpread of #COVID19#COVID19Maldives pic.twitter.com/1lwuGoa0mp
— Maldives Police (@PoliceMv) May 13, 2021
ސިފައިންނާއި ފުލުހުން މަގުތަކަށް ނިކުމެ ފިޔަވަޅުތައް ހަރުކަށި ކަމާއިއެކު ތަންފީޒު ކުރުމަށް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާވެސް މިކަމަށް އަމުރު ކުރައްވާފައި ވަނިކޮށެވެ.
މާލޭ ސަރަހައްދުން ކޯވިޑް ފެންނަ އަދަދު އިތުރުވުމުން މި ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް އެ ފިޔަވަޅުތައް އެއް ހަފްތާގެ މުއްދަތަށް ތަންފީޒުކުރުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އެގޮތުން މިއަދުން ފެށިގެން މިމަހުގެ 18ގެ ނިޔަލަށް މާލޭ ސަރަހައްދުގައި ހަވީރު 04:00 ފަތިހު 04:00 ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ. އަދި މި މުއްދަތައް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުންވެސް މިވަނީ މެދުކަނޑާލާފައެވެ. މީގެއިތުރުން މާލޭ ސަރަހައްދުގެ ހޮޓާ ރެސްޓޯރަންޓްތަކުގައި މީހުން ވައްދައިގެން ކެއިން ބުއިމުގެ ހިދުމަތް ދިނުންވެސް ވަނީ މަނާކޮށްފައެވެ. އަދި ޑެލިވަރީގެ ހިދުމަތްވެސް ދެވޭނީ ދަންވަރު 12 އާއި ހަމައަށެވެ.
މި ފިޔަވަޅުތަކުގެ އިތުރުން ދެކުނު އޭޝިޔާގެ ޤައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަންވެސް ވަނީ ނިންމާފައެވެ. މި ނިންމުމަށް އަމަލުކުރަން ފަށާނީ މިމަހުގެ 13ވަނަދުވަހުން ފެށިގެންނެވެ.
އެޗްޕީއޭއިން އަޅާފައިވާ އައު ފިޔަވަޅުތައް ތަންފީޒުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސަރުކާރުން ވަނީ މަސައްކަތް ފައްޓާވާފައެވެ. މިގޮތުން މިފިޔަވަޅުތަކަށް އަމަލުކުރާކަން ކަށަވަރުކުރުމަށް ސަލާމަތީ ބާރުތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އަންގަވާފައެވެ. މިގޮތުން މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ފުލުހުންނާއި ސިފައިން ގުޅިގެން މަސައްކަތް ކުރެއްވުމަށާއި އެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެއްވުމަށްވެސް ރައީސް ވަނީ އަންގަވާފައެވެ.
ކޮމެންޓު ފޮނުވާ