އާޒިމް ވިދާޅުވި ދިޔާއެއްޗެހީގެ ތަފްސީލު ލިބެންޖެހޭ: ޖަމީލް

އާޒިމް ވިދާޅުވި ދިޔާއެއްޗެހީގެ ތަފްސީލު ލިބެންޖެހޭ: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
14 މެއި 2021 10:07
0

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ބައްދަލުކޮށް ދަބަހަކަށް އަޅައިގެން ގެންދިޔައީ ކަރުދާހެއް، ނޫނީ ފައިސާއެއް ނޫން ކަމަށާއި، އެއީ ދިޔާއެއްޗެއް ކަމަށް ވިދާޅުވެ އަލީ އާޒިމް ދެއްކެވި ވާހަކަ ތަހުގީގް ކުރަން ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.

އޮންލައިން ނޫހަށް އާޒިމް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ ދަބަހަކަށް އަަޅައިގެން ގެންދިޔައީ "ދިޔާ އެއްޗެއް" ކަމަށާއި އެއީ އަދީބުގެ ފަރާތުން އަބްދުﷲ ޖަލީލު (ކޭން ސޭޓު) އަށް ދޭން ދިން އެއްޗެއް ކަމަށް އާޒިމް ވިދާޅުވިއެވެ. މިމޭރުމުން އާޒިމް ވިދާޅުވެފައިވަނީ އާޒިމް އާއި އަދީބާއި ދެމެދު ފޯނުން ދައްކާފައިވާ ވާހަކަތަކެއް ލީކުވުމާއި ގުޅިގެންނެވެ.

އެ މެސެޖުތަކުގައި އަދީބު އާޒިމް ކައިރީ ފެންޓަސީ ކުރިމައްޗަށް އައުމަށް ބުނެފައިވެއެވެ. ފެންޓަސީ ކުރިމަތީގައި ހުންނަނީ އަދީބާއި އެކު އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި ވިޔަފާރިވެރިޔާ ހާމިދު ސޭޓު މެންގެ ގެއެވެ. އޭރު އެކި ފަރާތްތަކަށް ފައިސާ ބަހާފައިވަނީ އެގެއިންނެވެ. އާޒިމަށް މެސެޖުކޮށް އެގޭ ކައިރިއަށް އައުމަށް އަދީބު އެދިފައިވާއިރު، އާޒިމް ކައިރީ ދަބަހެއް ގެންނަންވެސް އަދީބު އެދިފައިވެއެވެ.

އާޒިމްގެ ވާހަކަތަކާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވެފައިވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މަޖޯރިޓީ ލީޑަރު އާޒިމް ދެއްކެވި ވާހަތަކަކީ ފުލުހުން ތަހުގީގް ކުރަންޖެހޭ ވާހަކަތަކެއް ކަމަށެވެ. މިއީ ސާމަސާއަކަށް ހަދައި، މަޖަލަކަށް ދެއްކޭނެ ވާހަތަކެއް ނޫންކަމަށް ޖަމީލް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖްލިހުގެ އެމްޑީޕީ ޕީޖީ ލީޑަރ އަލީ އާޒިމް ފާޅުކުރެއްވި ވާހަކަ ފުލުހުން ވަގުތުން ތަޙްގީގުކުރަންޖެހޭ. އެވިދާޅުވާ ދިޔާއެއްޗެހީގެ ތަފްސީލު ލިބެންޖެހޭ. ބޮޑެތި ކުށްތަކުގެ ވާހަކަ ސަމާސަޔަކަށްހެދިގެން ނުވާނެ.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

އާޒިމްގެ ވާހަކަތަކައި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އާޒިމްއަށް އަމާޒުވެފައެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔަނާތާއި ގުޅިގެން އެކަމުން ސަލާމަތް ވުމަށް އާޒިމް ދެއްކެވި ވާހަތަކުން އިތުރަށް އެކަމުގައި ޝާމިލުވިކަން ހާމަވާކަމަށް ބައެއް ފަރާތްތަކުން ގެންދަނީ ސޯޝަލް މީޑިޔާގައި ބުނަމުންނެވެ. ނަމަވެސް އާޒިމް ވިދާޅުވެފައިވަނީ އެނާ ޚިޔާނާތުގެ ފައިސާގައި ޖެހިފައި ނުވާނެކަމަށެވެ. ޚިޔާނާތުގެ ފައިސާގައި ޖެހިފައިވާކަމަށް ތަހުގީގްކޮށް، ދައުވާ ކުރަން ފޮނުވާ ހިސާބުން މަޤާމުން އިސްތިއުފާ ދެއްވާނެކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކިނބޫ
އަދީބުގެ ކުޑަކަމުދާ ތަކެތިވެސް މިކަލޭގެ ކޮނޑުމަތީ އުފުލާދޭނީ ލައްކަ ބައިވަރު ލިބިފަ އޮތީމަތާ!