ފަލަސްތީންގެ ދިފާޢުގައި ބާއްވަންއުޅުނު ސައިކަލްބުރު ހުއްޓުވީ ގައިޑްލައިނާއި ޚިލާފްވުމުން: ފުލުހުން

ފަލަސްތީންގެ ދިފާޢުގައި ބާއްވަންއުޅުނު ސައިކަލްބުރު ހުއްޓުވީ ގައިޑްލައިނާއި ޚިލާފްވުމުން: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
13 މެއި 2021 05:46
0

ފަލަސްތީންގެ ދިފާޢުގައި ހުޅުމާލޭގައި ޒުވާނުންތަކެއް އިސްނަގައިގެން ބާއްވަންއުޅުނު ސައިކަލްބުރު ހުއްޓުވީ ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާއި ޚިލާފްވުމުން ކަމަށް ފުލުހުން ބުނެފިއެވެ.

ސައިކަލު ބުރަށް ފުލުހުން ހުރަސް އެޅުމާއި ގުޅިގެން ގިނަބަޔަކު ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ކޯވިޑްގެ-19 ގެ ހާލަތު އިންތިހާ އަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި، އެޗްޕީއޭގެ ގަައިޑްލައިންތައް ތަންފީޒުކުރަން ކުރަމުންްދާ މަސައްކަތްތަކަށް އާންމުން އެއްބާރުލުން ދިނުމަށް އެދޭކަމަށެވެ. ފުލުހުން ބުނީ މި ސައުކަލު ބުރު ހުއްޓުވާފައިވަނީ ގައިޑްލައިނާ ޚިލާފަށް ބޭއްވަން މަސައްކަތް ކުރި ސައިކަލު ބުރަކަށް ބުމުންކަމަށެވެ.

ސައިކަލު ބުރު ހުއްޓުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނީ މިއަދު ހެދުނު ރައީސް ނަޝީދު ޖަރުމަނަށް ފުރުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލުން ގެންދިޔައިރު، ގިނަބަޔަކު އެސަރަހައްދަށް އެއްވިނަމަވެސް ފުލުހުން އެސަރަހައްދަށް އެއްވިމީހުން ފޮނުވާލުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީއެވެ.

އިރުމަތީ ގުދުސްގައި އިޒްރޭލުން ފަލަސްތީނުގެ އެތައް ބަޔަކަށް ދެމުންދާ ހަމަލާތައް މުސްލިމުން އަންނަނީ ކުށްވެރި ކުރަމުންނެވެ. ހުޅުމާލޭގައި މިއަދު ބާއްވަން އުޅުނީ އިޒްރޭލުގެ އެ ލާއިންސާނީ އަމަލުތަކާ ދެކޮޅު ސައިކަލް ބުރެކެވެ. ރާއްޖޭގެ ގިނަ ރައްޔިތުން ދަނީ އިސްރާއީލްގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ފަަލސްތީނާއި އެކުގައިތިބިކަން ހާމަކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފާސިރު
ގޭތެރޭގަ ތިބެބަލަ ކޮން ސައިކަލް ބުރެއްތަ