ކޮވިޝީލްޑްގެ 2 ވަނަ ޑޯޒް، 16 ހަފްތާވުމުގެ ކުރިން ޖެހިޔަސް މައްސަލައެއް ނެތް: ޓެގް

ކޮވިޝީލްޑްގެ 2 ވަނަ ޑޯޒް، 16 ހަފްތާވުމުގެ ކުރިން ޖެހިޔަސް މައްސަލައެއް ނެތް: ޓެގް

Author
މުޙައްމަދު ޝަޒައިމް
13 މެއި 2021 10:19
0

ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާތާ 16 ހަފްތާވުމުގެ ކުރިން ވެކްސިންގެ 2 ވަނަ ޑޯޒް ޖެހިޔަސް މައްސަލައެއް ނެތްކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަން "އެމްޓެގީން" ބުނެފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންތަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވާހަކަފުޅުދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، 16 ހަފްތާ ވުމުގެ ކުރިން ކޮވިޝީލްޑްގެ 2 ވަނަ ޑޯޒް ޖެހިދާނެކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަން(އެމްޓެގީ)ން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މުއްދަތާއި ގުޅޭގޮތުން ކުރިދިރާސާއިންދައްކާފައިވާކަމަށެވެ.

މާލެ ސަރަޙައްދުގައި ކޮވިޝީލްޑް ވެކްސިން ޢާއްމުކޮށް ޖެހުން ވަގުތީގޮތުން ހުއްޓާލާފައިވާއިރު، މިވަގުތު އެ ވެކްސިން ދެމުންގެންދަނީ ޚާއްސަ ހާލަތްތަކުގައިވާ މީހުންނަށެވެ. މަބްރޫކް ވިދާޅުވީ ކޮވިޝީލްޑްގެ ވެކްސިންގެ ދެވަނަ ޑޯޒް، ކެނެޑާ ސްޕެއިން ފަދަ ޤައުމުތަކުގައިވެސް 16 ހަފްތާގެ ކުރިން ޖަހާކަމަށް އެމްޓެގީން މައުލޫމާތުދީފައިވާކަމަށް މަބްރޫކް ވިދާޅުވިއެއެވެ.

ކޮވިޝީލްޑް ވެކްސިން އިންޑިއާއިން ލިބުން ލަސްވެފައިވާތީ އެވެކްސިންގެ ދެވަނަ ޑޯޒްގެ ބަދަލުގައި އެސްޓްރާޒެނެކާގެ އިތުރު ވެކްސިނެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ސިންގަޕޫރުގައި އެސްޓްރާޒެނެކާއިން އުފައްދާ ކޯވިޑް-19ގެ ވެކްސިން އަންނަ ޖޫންމަހު ރާއްޖެއަށް ލިބޭނެކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަޞީމް ވަނީ ވިދާޅުވެއްޖެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.