އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލޯ ލާރިއެއްގައިވެސް ޖެހިފައެއް ނުވާނެ: އަދުރޭ

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލޯ ލާރިއެއްގައިވެސް ޖެހިފައެއް ނުވާނެ: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
13 މެއި 2021 12:19
0

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ލިސްޓު ހަދައިގެން ނެރުނަސް، އެޚިޔާނާތުގެ އެންމެ ފައިސާ ފޮއްޗެއްވެސް ލިބިފައި ނުވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަން މިހާރު ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް މަޖިލީހުން އާންމުކުރި ލިސްޓުގައި އޭނާގެ ނަން އޮތުމުން ވަނީ ރައްދު ދެއްވާފައެވެ. އަދުރޭ ވިދާޅުވީ އެލިސްޓުގައި ނަން ހިމަނާފައިވަނީ އަބުރު ކަތިލުމުގެ ބޭނުމުގައިކަމަށެވެ. އަދި މިހާރު މިފަދަ ލިސްޓުތައް ހަދައި ނެރެމުންދަނީ ސިޔާސީ ގޮތުން ކުރާ މަސައްކަތް މަޑު ޖައްސެމަށް ކަމަށާއި، ނަމަވެސް ސިޔާސީ ގޮތުން ކުރާ މަސައްކަތް ހުއްޓާލުމެއް ނެތްކަމަށެވެ.

MMPRC ގެ ޚިޔާނާތުގެ ލިސްޓްގައި އަޅުގަނޑުގެ ނަން ހިމަނާފައިވަނީ އަބުރު ކަތިލުމުގެ ބޭނުމުގަ. MMPRCގެ ޚިޔާނާތުގެ ލޯ ލާރިއެއްގައިވެސް ޖެހިފައެއް ނުވާނެ. މަތިމައްޗަށް ލިސްޓްތަކުގައި ނަން ޖެހިޔަސް ފަހަތަށް ޖެހުމެއްނެތް. މިހުރީ ވަރަށް ސާބިތުކަމާއެކު ތުހުމަތަށް ޖަވާބުދާރީވުމަށް ތައްޔާރަށް.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މިލިސްޓުގައި ހިމެނޭއިރު، ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކާއި، މީހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙުލޫފް އާއި ޕްލެނިންގ އެންޑް ހައުސިން ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންއާއި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ އިތުރުން ބައެއް ފުލުުހުންނާއި ސިފައިންވެސް ހިމެނެއެވެ. މީގެތެރެއިންވެސް މިނިސްޓަރ މަޙުލޫފުގެ ތަޙުޤީގުގެ ބައިނިމި މިހާރުވަނީ ދަޢުވާކުރުމުގެ މަރުހަލާގައެވެ.

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުތަކުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.