ރައްޔިތުން އެދޭފަދަ ހެޔޮ ވެރިކަން ހޯދައި ދިނުމުގައި ދެމި ހުންނަވަނާވެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިމަހުގެ 6 ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މިހާރުވެސް އޭޑީކޭގައި ފަރުވާ ދެމުންދާ ރައީސް ނަޝީދު ފަރުވާދޭން ފެށިފަހުން ކުރެއްވި ފުރަތަމަ ޓްވީޓުގައި ވިދާޅުވީ ރާއްޖޭގެ ޞިއްޚީ ދާއިރާގެ އެންމެ ބޭފުޅުންނަށް މަރުހަބާ ދަންނަވާކަމަށެވެ. އަދި ރައްޔިތުން އެދޭ ފަދަ ހެޔޮ ވެރިކަން ހޯދައި ދިނުމުގައި ދެމި ހުންނަވާނެކަމަސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ދިވެހި ރާއްޖޭގެ ޞިއްޚި ދާއިރާއަށް މަރުހަބާއާއި ޝުކުރު. މާތްﷲގެ ހެޔޮ ރަހުމަތް ފުޅުން ތިޔަބޭފުޅުން ތި އެދިވަޑައިގަންނަވާ ހެޔޮ ވެރިކަން ހޯދައި ދިނުމުގައި ދެމި ހުންނާނަން. ކުޑައީދުގެ ތަހުނިޔާ.
– ރައީސް ނަޝީދަށް ދިނަ ހަމަލާއަށްފަހު ކުރެއްވި ފުރަތަމަ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
Dhivehi Raajje ge si’hee dhaairaa ah marhaba aai shukur. Maiy Allah ge heyo rahmaiyfulhun thiyabeyfulhun thi edhivadaigannava heyo verikan hoadha dhinumuga dhemi hunnanan.
Kuda Eid ge thahniya!Eid Mubarik to everyone!
— Mohamed Nasheed (@MohamedNasheed) May 12, 2021
ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު މުޅި ގައުމުގެ ސަމާލުކަން ހުއްޓިފައި އޮތީ އެ މަނިކުފާނުގެ ހާލުކޮޅަށެވެ. ކުރުނބާ ރިސޯޓަށް ވަޑައިގަތުމަށްޓަކައި ގެކޮޅު، ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް، އެ މަނިކުފާނު އަވަހާރަކޮށްލަން ބުރާސްފަތި ދުވަހުގެ ރޭ 8:30 ހާއިރު ދިން ހަމަލާގައި ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގަތެވެ.
ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ. ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ވަނީ ޖަހާދީފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭ ގައި ރައީސް ނަޝީދަށް ފަރާލާ މި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާއާއި ބޮން ހަރުކޮށްފައި ހުރި ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ