ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ މިރޭ ހަތެއް ޖަހާއިރު ރައީސް ސޯލިހް ގައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބު ކުރައްވާ މައިގަނޑު ސަބަބަކީ މާދަމައަކީ ބަރަކާތްތެރި ފިތުރުއީދަށް ވުމާއި، އަދި މިއަދު މަޖިލީހުން އާންމުކުރި އެމްއެމްޕީއާރުސީގެ ލިސްޓާއި ގުޅިގެން އަޅުއްވަންޖެހޭ ފިޔަވަޅު އެޅުއްވުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ޤައުމާއި މުޚާތަބު ކުރައްވާ ވަކި ސަބަބެއް ރައީސް އޮފީހުން ހާމަކުރައްވާފައި ނުވެއެވެ.
މަޖިލީހުން ވަނީ މިއަދު ކޮމިޓީ މަރުހަލާގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ނިންމާލާފައެވެ. ކޮމިޓީން ނިންމާފައިވާ ކަންކަމުގެ ތެރޭގައި މިހާރު އެކި މަޤާމުތަކުގައި ތިބި ޚިޔާނާތުގެ ފައިސާ ލިބިފައިވާ މީހުން މަޤާމުތަކުން ވަކިކުރުމަށް ވަނީ ލަފާ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ