ކޯވިޑުން އަރައިގަތުމަށް 3.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފި

ކޯވިޑުން އަރައިގަތުމަށް 3.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފި

Author
މުޙައްމަދު ޖިމީ
11 މެއި 2021 10:05
0

ކޯވިޑް-19އިން އަރައިގަތުމަށް މިހާތަނަށް 3.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ "ވީކްލީ ކޯވިޑް-19 ސްޕެންޑިން" ރިޕޯޓުގައި ބުނެފައިވަނީ، މިމަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑުގެ ހާލަތުން އަރައިގަތުމަށް ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކަށް 1.6 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. އަދި އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއަށް 1.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ މަސައްކަތްތަކަށެވެ. އެ ސެންޓަރުގެ މަސައްކަތްތަކަށް 867.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 469.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އައިޖީއެމްއެޗެށެވެ. އެ ހޮސްޕިޓަލަށްވަނީ 102.4 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ސަރުކާރުން ކޯވިޑުން އަރައިގަތުމަށް ބޮޑު ހޭދައެއް ކޮށްފައިވާއިރު، މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށް މިހާތަނަށް 458.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައިކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ހީނަރުވުމަށްފަހު މިހާރު އަރައިގަނެވެމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.