ރިހާކުރު ފުޅި ވަގަށް ނެގިމީހުންގެ ނަން ހާމަކުރާއިރު، ބޮޑު ވައްކަމުގެ ބައިވެރިންގެ ނަން ހާމަނުކުރަނީ ހިމާޔަތްކުރަން

ރިހާކުރު ފުޅި ވަގަށް ނެގިމީހުންގެ ނަން ހާމަކުރާއިރު، ބޮޑު ވައްކަމުގެ ބައިވެރިންގެ ނަން ހާމަނުކުރަނީ ހިމާޔަތްކުރަން

Author
މުޙައްމަދު ޖިމީ
11 މެއި 2021 01:58
0

ރިހާކުރު ފުޅި ވަގަށް ނަގާ މީހުންގެ ނަންތައް ހާމަކުރާއިރު، ރާއްޖޭގެ ތާރީޚުގައި ހިނގ ބޮޑު ވައްކަމުގެ ބައިވެރިންގެ ނަންތައް ހާމަނުކުރަނީ ވަކި ބަޔަކު ހިމާޔަތްކުރުމަށްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އެސެޓްރިކަވަރީ ކޮމިޝަނަށް މައްސަލަ ނުބެލި ލިސްޓު އާންމު ނުކުރެވި ގިނަ ކަންބޮޑުވުންތަކެއް ފާޅު ކުރަމުންދިޔަ 19 ވަނަ މަޖިލީހުން ވަނީ މިމައްސަލަ ބަލަން ޚާއްސަ ކޮމިޓީއެއް އެކުލަވާލައި ލިސްޓު ދިރާސާ ކުރަން ފަށާފައެވެ. ލިސްޓު ލިބުމާއިއެކު، ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ މެމްބަރުން ވަނީ ލިސްޓު އާންމު ކުރުމަށް ދެކޮޅު ހައްދަވާފައެވެ. އަދި އެ ނަންތައް ހާމަނުކުރުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ބައެއް މެންބަރުން މަސައްކަތްކުރައްވާކަމުގެ ތުހުމަތު ކުރެވޭތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

މިކަމާއި ގުޅިގެން ދުންޔާ މައުމޫން ވިދާޅުވީ، ރިހާކުރު ފުޅި ވަގަށްނެގި ކަމުގު ތުހުމަތު ކުރެވޭ ފަރާތުގެ ނަން ހާމަކޮށް، ފޮޓޯ ނޫހުގައި ޖަހާއިރު، ދިވެހިރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ވައްކަމުގެ ބައިވެރިންގެ ލިސްޓު ހާމަކުރުމާ މެދު މިފަދަ ބަހަނާ ދައްކަނީމި ކޮންމެވެސް ބައެއް ހިމާޔަތްކުރުމަށްކަމަށް ޝައްކުކުރެވޭކަމަށެވެ. ދުންޔާ ވަނީ ޚިޔާނާތުގެ ލިސްޓްގައި ތިބި މީހުންގެ ނަންތައް ހާމަކުރުމަށް ގޮވާލައްވާފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ބުނާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަށް ތަހުގީގީ އިދާރާތަކުން ވަނީ ފޮނުވާފައެވެ. އެ ލިސްޓްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު281 މީހެއްގެ ނަން ވަނީ ހިމަނާފައެވެ.

މިމައްސަލާގައި ގިނަ ބަޔަކު ދަނީ ލިސްޓު އާންމު ކުރުމަށް ގޮވާލަމުންނެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކޮރަޕްޝަނާއި ގުޅޭގޮތުން މުޢާމަލާތުކޮށްފައިވާ 70،000އަށްވުރެ ގިނަ މެސެޖުވެސް ދިރާސާކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކިނބޫ
މަވެސް ގޮވީމޭ ނަން ހާމަ ކުރަން. މަހީކުރީ ތަހުގީގު ނިމި ޝަރިއަތަށް ފޮނުވޭވަރު ވެފަ ކަމަށް މިހާރު އޮންނާނީ. 3 އަހަރުން މާސިންގާ ކޮމިޝަނަށް ވީ ވަރަކީ މާވަގަކު ދުލުކޮޅުން ކިޔައިދިން ތިންސަތޭކައެއްހާ ނަން އެކްސެލް ޝީޓަކަށް އެންޓަރ ކުރުންކަން މިއެނގުނީ އަދި ކިރިޔާ. މަ ލަދުން މަރުވާވަރު ވެއްޖެ. މަރު ކޮމިޝަނުން ނެރުނު ތިޕޯޓެކޭ ތަފާތެއް ނެތް. ކޮމިޝަންތަކަށް މަވާ ސަލާމް.