ކުކުޅަކާއި ހާލެއް ވަގަށް ނެގި މީހެއްގެ މައްޗަށް 21،600 ރުފިޔާގެ ޖޫރިމަނާއެއް

ކުކުޅަކާއި ހާލެއް ވަގަށް ނެގި މީހެއްގެ މައްޗަށް 21،600 ރުފިޔާގެ ޖޫރިމަނާއެއް

Author
މުޙައްމަދު ޖިމީ
11 މެއި 2021 12:51
0

ގެއެއްގެ ގޯތިތެރޭގައި ހުރި ކުކުޅު ކޮއްޓަކުން ހުދުކުލައިގެ ކުކުޅަކާއި، ރަތްކުލައިގެ ހާލެއް ވަގަށް ނެގި މީހަކު 21،600 ރުފިޔާއިން ކްރިމިނަލް ކޯޓުން ޖޫރިމަނާކޮށްފިއެވެ.

މި ހުކުމްކޮށްފައިވަނީ ސ.ހިތަދޫ މީހެއްގެ މައްޗަށެވެ. އެގޮތުން ސ.ހިތަދޫ އަނަފް ޢަބްދުﷲ، އެރަށު ސަންޝައިންވިލާ ގޯތިތެރެއަށްވަދެ އެ ގޯތިތެރޭގައި ހުރި ކުކުޅު ކޮށިން ހުދުކުލައިގެ ކުކުޅަކާއި ރަތް ކުލައިގެ ހާލެއް ވަގަށް ނަގާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

މި މައްސަލަ ބެލުމަށްފު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އޭނާ އެތަކެތި ވަގަށް ނެގިކަން ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނުލް އުގޫބާތުގެ ދަށުން، ކުށުގެ އަދަބެއްގެ ގޮތުން ތިން މަހާއި18 ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރާކަމަށެވެ. މި ހުކުމްކުރީ އިއްޔެއެވެ.

ނަމަވެސް އޭނާގެ ފަރާތުން ވަނީ އަދަބު ލުއިކޮށްދިނުމަށް އެދިފައެވެ. އެގޮތުން އޭނާއަކީ ކަންނެލި މަސްވެރިކަން ކުރާ މީހަކަށްވެފައި، ދައްތަ އަކީ ވިޔަފާރިކުރާ މީހެއްކަމުން ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށް އެދުނެވެ.

އެހެންކަމުން ޤާނޫނުލް އުގޫބާތުގެ ދަށުން ލިބިދޭ ބާރުގެ ދަށުން، އޭނާގެ ޖަލު ކުމުގެ އަދަބު ވަނީ ޖޫރިމަނާއަށް ބަދަލުކޮށްފައެވެ. އެގޮތުން21،600 ރުފިޔާއިން އޭނާ ޖޫރިމަނާކޮށް، އެފައިސާ4 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައި ޚަލާސްކުރުމަށް ކޯޓުން ވަނީ އޭނާގެ މައްޗަށް ޢަމުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.