ކުރީގެ ރައީސް ޔާމީން ރޭ ހުޅުމާލެއަށް ގެންދެވިފައިވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް ކަމުގައި ކަރެކްޝަނުން ބުނެފިއެވެ.
ކަރެކްޝަންގެ މީޑިޔާ އޮފިސަރު ވިދާޅުވި ރައީސް ޔާމީން ރޭ އެއިދާރާގެ ބެލުމުގެ ދަށުން ހުޅުމާލެ ގެންދެވިފައިވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ކަމަށެވެ. ރައީސް ޔާމީން ރައީސް ޔާމީން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ އޭޕްރީލް 19 ވަނަ ދުވަހު އެވެ. އެމަނިިކުފާނު ޖެހީ ފައިޒާ ވެކްސިނެވެ.
ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެރޭގައެވެ. އެމަނިކުފާނު ގެއަށް ބަދަލުކޮށްފައިވަނީ، ގޭބަންދަށް ބަދަލުކޮށްދެއްވުމަށް އެދި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީއެއް ފޮނުއްވާފައިވަނިކޮށެވެ. ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުގައި ބައްލަވަންޖެހޭ ކަންކަން ބައްލަވާނެކަމަށާއި، ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެކަމަށެވެ.
ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައިވަނީ ކޯވިޑްގެ ކޭސްތައް އިތުރުވެ ޖަލުގައިވެސް ބޮޑު ކްލަސްޓާއެއް އޮތުމާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުންކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. އެއިދާރާއިން ގެންދަނީ ޖަލުގައި ތިބި ހައިރިސްކް މީހުން ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ