އަވަށްޓެރިޔާ ޝަފީއުގެ މަރަށް އިންސާފުނުލިބި މަލީހު ކަންބޮޑުވުން ފާޅުކުރައްވައިފި

އަވަށްޓެރިޔާ ޝަފީއުގެ މަރަށް އިންސާފުނުލިބި މަލީހު ކަންބޮޑުވުން ފާޅުކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
11 މެއި 2021 10:23
0

މީގެ ދެ އަހަރު ކުރިން ފުވައްމުލަކުން ގެއްލުނު މުހައްމަދު ޝަފީއުގެ މަރަށް އިންސާފު ނުހޯދި ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ކުރީގެ ވަޒީރު މުހައްމަދު މަލީހު ފާޅު ކުރައްވައިފިއެވެ.

މަލީހު އަކީ ޝަފީއުއާއި އެއްސިޓީއަކަށް ނިސްބަތްވާ ފުވައްމުލަކުގައި އެއް ސަރަހައްދެއްގައި ދިރިއުޅުނު ބައެކެވެ. ޝަފީޢުގެ މަރަށް އަހަރުތަކެއް ވެގެން ގޮސްފައިވާއިރު، މިމަރަށް އިންސާފު ހޯދުމަކީވެސް ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެ، މަރުތައް ބަލާ ކޮމިޝަނުން ލިސްޓު ކުރެވި ބަލަމުންދިޔަ މައްސަލައެކެވެ. މަލީހު ވިދާޅުވީ މިހާތަނަށް އައިއިރުވެސް މިމަރަށް އިންސާފު ނުހޯދި ލަސްވުމަކީ އޮތް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.

މަޑުމައިތިރި ޒުވާނެއް. ޢާއިލާއެއްގެ އުންމީދު.ކަޅު ކުލައިގެ ޓީޝާޓަކާއި ނޫޖީންސެއް ލައިގެން ދިރިއުޅޭ ގެއިން ނިކުމެގެން މަންމަޔާ ބައްދަލުކުރަން ދިޔަ މަގުމަތި. އެއީ 14 ޖުލައި 2017. 42 އަހަރުގެ އޮޅުތެރޭގެ ޝަފީޢު މިއަދާއި ހަމަޔަށް ވީނުވީއެއް ނޭގެ. މިއަވައްޓެރިޔާ ކޮބާ؟

– މަލީހު ވިދާޅުވިއެވެ.

ޝަފީއު، ގެއްލުނީ ޖުލައި 14، 2017 ވަނަ ދުވަހުގެ ރޭ ގެއިން ނުކުތް ފަހުންނެވެ. އޭނާގެ އެއްވެސް ޚަބަރެއް މިހާތަނަށް ނުވެއެވެ. ޝަފީޢުގެ މަރާއި ގުޅިގެން އޭނާގެ އަނބިމީހާއާއިވެސް ވަނީ މަރުކޮމިޝަނުން 2019 ވަނަ އަހަރު ސުވާލުކޮށްފައެވެ.

ޝަފީޢު ހޯދަން ފުލުހުންނާއި ސިފައިން ވެސް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އޭނާގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ. އޭނާ މަރާލާފައިވާ ކަމަށް ތުހުމަތުކޮށް މީގެ ކުރިން ފުލުހުން އެއްވެސް މީހަކާއި ސުވާލު ކޮށްފައި ނުވާކަމަށް ވެއެވެ.

މިމަރުގެ އިތުރުންވެސް ކޮމިޝަނުން ބަލަމުންދިޔަ އެއްވެސް މަރަކަށް މިހާތަނަށް އިންސާފު ލިބިފައިނުވާތީ އެއާއިލާތަކުންނައި، ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މަރުތަކަށް އިންސާފު ހޯދައި ދިނުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.