ކާޑެއްދޫ އެއާޕޯޓް އަތުލީ ގޯސްކޮށް، ވިލާއަށް އަނބުރައި އެއާޕޯޓް ދޭންޖެހޭ: ސްޕްރީމް ކޯޓު

ކާޑެއްދޫ އެއާޕޯޓް އަތުލީ ގޯސްކޮށް، ވިލާއަށް އަނބުރައި އެއާޕޯޓް ދޭންޖެހޭ: ސްޕްރީމް ކޯޓު

Author
މުޙައްމަދު ޝަޒައިމް
10 މެއި 2021 02:44
0

ގދ. ކާޑެއްދޫ އެއަރޕޯޓް ހިންގަން ވިލާއާއި ހަވާލުކޮށް ހެދި އެއްބަސްވުން ދައުލަތުން އުވާލީ ގޯސްކޮށްކަމަށް ސުޕްރީމްކޯޓުންވެސް ކަނޑައަޅައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއަރ ކުންފުންޏަށް ކާޑެއްދޫ އެއަރޕޯޓް ހިންގަން 50 އަހަރަށް 2013 ވަނަ އަހަރު ދީފައިވަނިކޮށް އެ އެއްބަސްވުން ބާތިލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 2107 ވަނަ އަހަރުގެ ތެރޭގައެވެ. އެއްބަސްވުން ބާތިލުކޮށް އެއަރޕޯޓް އަތުލަން ސަރުކާރުން ދެއްކި ސަބަބަކީ ސިވިލް އޭވިއޭޝަންގެ މިންގަޑުތަކާއި ހިލާފަށް ހިންގާކަމަށް ބުނެއެވެ. ދައުލަތުގެ މި ނިންމުމާއި އެކު ވިލާ އެއަރއިން ވަނީ މި މައްސަލާގައި ސިވިލްކޯޓާއި ހައިކޯޓްގައި ދައުލަތާއި ދެކޮޅަށް ދައުވާކޮށްފައެވެ. އެ ދެކޯޓުންވެސް މައްސަލަ ނިންމާފައިވަނީ ވިލާ އެއަރ އެއްކޮޅަށެވެ. އަދި އެއްބަސްވުން އުވާލީ ގޯސްކޮށްކަމަށް ކަނޑައަޅާ އެއަރޕޯޓް ވިލާއާއި ހަވާލުކުރުމަށް ދެކޯޓުގެ ހުކުމްގައިވެސް ވެއެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ކާޑެއްދޫ އެއާޕޯޓާ ގުޅޭ ބައެއް ކަންކަން އިސްލާހު ކުރަން ވިލާ އެއާ އަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ފުރުސަތު ދީފައި ވިޔަސް، އެއާޕޯޓް ހިންގުން ހުއްޓާލަން އެ އޮތޯރިޓީން އަންގާފައި ނުވާ ކަމަށެވެ. އެ އިންސްޕެކްޝަން ހެދިި ފަހުން ވެސް އެއާޕޯޓް ހިންގުމުގެ ލައިސަންސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އާ ކޮށްދީފައިވާ ކަމަށް އެ ހުކުމުގައިވެއެވެ.

ހުކުމުގައިވަނީ ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކާ ޚިލާފަށް ކާޑެއްދޫ ހިންގިިކަން ސާބިތު ކުރަން މޯލްޑިވިއަން ކުންފުނީގެ އެސެސްމަންޓް ރިޕޯޓެއް ދައުލަތުން ހުށަހެޅިޔަސް، އެ ރިޕޯޓަށް ބިނާކޮށް އެއްވެސް ކަމެއް ސާބިތެއް ނުވެއެވެ. މީގެއިތުރުން މި މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދުމަށް ވިލާއިން ދައުވާކުރުމުގެ ފުރުސަތު އޮތްކަންވެސް ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ. ކާޑެއްދޫ އެއަރޕޯޓް ވިލާ ކުންފުނިން އަތުލުމަށްފަހު އެތަން ހިންގަމުން އަންނަނީ ރީޖަނަލް އެއަރޕޯޓްސްގެ ދަށުންނެވެ.

މޯލްޑިވިއަން އަކީ ވިލާ އެއާގެ ވާދަވެރިއަކަށް ވާތީ، އެ ރިޕޯޓް ބަލައިގަންނަން ވިލާ އެއާ އިން ދެކޮޅު ހަދާއިރު އަދި އެ ރިޕޯޓު ހެދި ބަޔަކު ކޯޓަށް ހާޒިރުކޮށް، އެ ރިޕޯޓާ ބެހޭގޮތުން ސުވާލު ކޮށްފައި ނުވާތީ އެ ރިޕޯޓަކީ ކަމެއް ސާބިތު ކުރުމަށް ފުދޭ ލިޔުމެއް ނޫން ކަމަށް އެ ހުކުމުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

L Laas
Vilaa an vathubathaana ves dheenvee insaaf ranyithunnaa libeyne