މި ނާޒުކު ވަގުތުގެ ފައިދާނަގައި ދީނީ ޢިލްމުވެރިންނަށް ހަޖޫޖެހުމަކީ ކޮށްގެންވާނެ ކަމެއްނޫން: އަލީ ނިޒާރު

މި ނާޒުކު ވަގުތުގެ ފައިދާނަގައި ދީނީ ޢިލްމުވެރިންނަށް ހަޖޫޖެހުމަކީ ކޮށްގެންވާނެ ކަމެއްނޫން: އަލީ ނިޒާރު

Author
މުޙައްމަދު ޝަޒައިމް
10 މެއި 2021 02:15
0

ހަރުކަށި ފިކުރުގެ މީހުން ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މިނާޒުކު ދަނޑިވަޅުގެ ބޭނުން ހިފައި ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް ހަޖޫ ޖެހުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެކަމެއް ނޫންކަމަށް އައްޑޫ ސިޓީގެ އިންތިޚާބީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމައާއި ގުޅިގެން ބައެއް މީހުން ދަނީ ރާއްޖޭގެ ދީނީ އިލްމުވެރިންނަށް އަމާޒުކޮށް އެކި ވާހަތައް ދައްކަވަމުންނެވެ. މިމައްސަލަގައި މިހާތަނަށް ފުލުހުންގެ ތަހުގީގުން އެނގިފައިވަނީ މިހަރުކަށި އަމަލު ހިންގާފައިވަނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބައެއްކަމެވެ. މިހާދިސާ ހިނގައި ފުލުހުން މައްސަލަ ތަހުގީގް ކުރަމުންދާ ވަގުތުގައި މުޖުތަމައުގެ އެއްބައިވަންތަކަން ނަގާލައި ރާއްޖޭގެ ދީނީ އިލްމުވެރިންނަށް އަމާޒުކޮށް އެކި ތުހުމަތުކޮށް އެކި ވާހަކަ ދެއްކުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫންކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.

ދިވެހިންގެ ނަސީބަކީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމަށްވުންކަމަށާއި، މިނަސީބުގެ މަތީގައި ދެމި ތިބުމަށް ދީނީ އިލްމުވެރިންނާއި އިސްލާމީ އިލްމުގެ އަހުލުވެރިންނާއި ދިމާކޮށް ހަޖޫ ޖެހުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.

ދީނީ ޢިލްމުވެރިންނާއި، ހަރުކަށި ވިސްނުމާއި ގުޅުވައި މި ނާޒުކު ވަގުތުގައި ފައިދާ ނަގައި، އިލުވެރިންގަށް ޖަހޫ ޖެހުމަކީ ކޮށްގެންވާނެ ކަމެއްނޫން. އިސްލާމްދީނުގެ މަތިވެރި ނޫރުއެއީ ދިވެހިންގެ ނަސީބު. ސުލްހަޔާއި އަމާންކަން އަދި ދެދުނިޔޭގެ ބާއްޖަވެރިކަމަށް އޮތް ހަމައެކަނި ހައްލު.

– އަލީ ނިޒާރު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދީފައިވާ ޓެރަރިސްޓް ހަމައާއި ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފައިވާއިރު، މި ތިން މީހުންނަކީވެސް ހަރުކަށި ފިކުރަށް ތާއީދުކުރާ، މީހުން މެރުމަށްވެސް ޖެހިލުން ނުވާބައެއްކަމަށް އެމީހުންގެ ގާތް އެކުވެރިން ދަނީ ބުނަމުންނެވެ. މިހަމަލާއާއި ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން ބޮޑު އޮޕަރޭޝަނެއް ހިންގަމުންދާއިރު، މިހަމަލާއާއި އެންމެ އަޑިއަށް ވާސިލްވުމަކީ ފުލުހުންގެ އެންމެ ބޮޑު އަމާޒެވެ. ފުލުހުންގެ ތަހުގީގް މިހާތަނަށް ގޮސްފައިވާ މިންވަރަށް ބަލާއި ތަހުގީގު ދަނީ ވަރަށް ބާރަށް ވަރަށް ހިތްހަމަޖެހޭ މިންވަރަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.