ރައީސް ނަޝީދު ފެއްޓެވި ޤައުމީ ޚިދުމަތުގައި ދެމިހުރުމަށް ދެންވެސް ދޭނީ ހިތްވަރު: ޢާއިލާ

ރައީސް ނަޝީދު ފެއްޓެވި ޤައުމީ ޚިދުމަތުގައި ދެމިހުރުމަށް ދެންވެސް ދޭނީ ހިތްވަރު: ޢާއިލާ

Author
މުޙައްމަދު ޝަޒައިމް
10 މެއި 2021 01:58
0

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަަމަލާއިން ފަސޭހަވެ އަނބުރި އައިސްވެސް އެމަނިކުފާނު ޤައުމަށް ކޮށްދެއްވާ ޚިދުމަތް ހުއްޓާލައިގެން ނުވާނެކަމަށާއި، އެމަނިފާނު ޚިދުމުތައި ދެމި ހުންނެވުމަށް އާއިލާއިން ދޭނީ ހިތްވަރުކަމަށް އެމަނިކުފާނުގެ އާއިލާއިން ވިދާޅުވެއްޖެއވެެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ދައުލަތުގެ މިޑިޔާއަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނުގެ ބޭބޭފުޅު ޑރ.އިބްރާހީމް ނާޝީދު (ނާޝް) ވިދާޅުވީ، ރައީސް ނަޝީދަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ. ނަޝީދަށް ހަމަލާ ދީފައިވަނީވެސް ގައުމީ ޚިދުމަތުގައި ދެމި ހުންނަވަނިކޮށް ކަމަށާއި، އެ މަސައްކަތް ހުއްޓާލަން އެމަނިކުފާނުވެސް އައި އާއިލާއިންވެސް ނޭދޭކަމަށެވެ. އެއީ ކުރިއަށް ގެންދަންޖެހޭ މަސައްކަތެއްކަމަސް ނާޝް ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ރާއްޖޭގެ އެތައްބައެއްގެ ތާއީދު އޮތް އަދި އެމަނިކުފާނުގެ ޚިދުމަތަށް އެތައް ބަޔަކު އެދޭ ބޭފުޅަކަށްވާއިރު އެމަނިކުފާނުގެ ޚިދުމަތް ދެވެން އޮތް އެންމެ މަތީ މިންވަރަކަށް ކުރިއަށް އޮތް ތަނުގައިވެސް ދިނުމަށް ރައީސް ނަޝީދުވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސް ނަޝީދުގެ ބޭބޭފުޅު ވިދާޅުވިއެވެ.

ނާޝް ވިދާޅުވީ ރައީސް ނަޝީދަކީ ސިޔާސީ ބޭފުޅަކަށްވާއިރު، ސިޔާސީ ގޮތުން ކުރައްވާ މަސައްކަތުގައި ސިޔާސީ ވާހަތަކާއި ރައްދު ދިނުމަކީ އޮންނަންޖެހޭ ކަމެއްކަމަށެވެ. ނަމަވެސް ގަޔަށް އަތްލައި، މީހާގެ ފުރާނައަށް ނުރައްކާވާ ދަރަޖައަށް ކަންކަން ދިއުމަކީ އެއީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި މިހަމަލާ ދިނުމާއި ހަމަޔަށްވެސް ގަބޫލުކޮށްގެންތިވީ އެގޮތަށް ކަމަށާއި، ސިޔާސީ ރައްދެއްގެ ސަސަބަބުން އަނެއްކޮޅުންވެސް ދޭނީ ސިޔާސީ ރައްދެއްކަމަށެވެ. ނަމަވެސް މިކަން ކުރިބަޔަކު މިކަމެއް ކޮށްފައިވާ ސަބަބާއި، ނިޔަތެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭކަމަށް ނާޝް ވިދާޅުވިއެވެ.

ޑރ.ނާޝް ވިދާޅުވީ، ރައީސް ނަޝީދަށް އޮންނަ "ތްރެޓް" ނުވަތަ ނުރައްކާ ދުވަހުން ދުވަހަށް ދިޔައީ އިތުރުވަމުންކަމަށާއި، ނަމަވެސް އެކަމުގައި އާއިލާއަށް ކުރެވޭނެ މާބޮޑު ކަމެއްނެތްކަމަށެވެ. ސަބަބަކީ ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދެނީ ސަލާމަތީ ޚިދުމަތްތަކުންކަމަށްވާތީކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދަށް އޮތް ނުރައްކާ ކުރިއަށްވުރެ ބޮޑުވެފައިވާކަމުގެ ވާހަކަ މާބޮޑަށް މިދިޔަ ހަފްތާގެ ތެރޭގައި އާއިލާގެ ތެރޭގައި ދެކެވިފައިވާކަމަށެވެ.

ދެން އަބަދުވެސް ތްރެޓެއް އޮވޭ. އެ ތްރެޓް މަޑުމަޑުން ބޮޑުވަމުން އަންނަނީ. ދެން ދުވަސް ދުވަހު އެ ތްރެޓް ބޮޑުވާ ވާހަކަ ދެކެވޭ. އެކަމު އަޅުގަނޑުމެން އާއިލާގެ ފަރާތުން ކުރެވޭނެ މާބޮޑު ކަމެއް ނޯވޭ. އެހެން ފަރާތަކުން ސެކިއުރިޓީއާއި އެއްޗެހި ބަލަހައްޓަމުންދަނީ. އެފަރަތާކަށް އެނގޭނީވެސް، އެގެންވާނީވެސް. އަޅުގަނޑުމެންނަށް އެނގޭނީ އަންނި ގޭތެރޭގަ ޝެއަރކުރަން ބޭނުންވި އެއްޗެއް. އެކަހަަލަ އިންފޮމޭޝަން އަޅުގަނޑުމެންނަށް ނުވެސްދޭނެ ނުވެސް ކުރެވޭނެ. އެހެންނަމަވެސް ތްރެޓް ބޮޑުވާ ވާހަކަ ދެއްކީމަ އަޅުގަނޑުމެން ކޮންސާރންވޭ.

– ނާޝް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން އާއިލާއަށް ލިބުނު ކުއްލި ސިހުމާއި ހިތާމައަށް އަދިވެސް ހަމަޖެހުމެއް ނުލިބޭކަމަށް ނާޝް ވިދާޅުވިއެވެ. ޚާއްސަކޮށް މަންމަ އަށް ލިބިފައިވާ ހިތާމަ ވަރަށް ކައިރިން ފެންނަކަމަށާއި، އަބަދުވެސް އިންނަވަނީ ވަރަށް ފިކުރު ބޮޑުވެފައިކަމަށެވެ.

ޑޮކްޓަރުންގެ އޮޕަރޭޝަނަށްފަހު އާއިލީ ބޭފުޅުން، މަންމައާއި، ބައްޕައާއި، އަދި އޭނާއާއި، ރައީސް ނަޝީދު ބައްދަލުވި ވަގުތަކީ ވަރަށް ހިތްދަތި ވަގުތުކޮޅެއްކަމަށް ރައީސް ނަޝީދުގެ ބޭބެ ވިދާޅުވިއެވެ. އެވަގުތު ވާހަކަ ދެއްކުމަށްވުރެ ރައީސް ނަޝީދުގެ ހާލުކޮޅު ލޮލުން ބަލާލަން މައިންބަފައިންނަށް ލިބުމުން ވަރަށް އަސަރު ކުރިކަމަށާއި، ނަމަވެސް ރައީސް ނަޝީދު އެވަގުތުވެސް ވިދާޅުވި ކުޑަ ޖުމްލައިންވެސް އާއިލާއަށް ހިތްހަމަޖެމެއް ލިބުނުކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް އެމަނިކުފާނުގެ ފުރާނަފުޅު ދުއްވާލަން ދިން ޓެރަރިސްޓް ހަމައާއި ގުޅިގެން މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުނުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތާއި، ދައްކާފައިވާ ވީޑިއޯތަކަށްބަލާއިރު މިކަން ކޮށްފައިވާ މީހުންނަށް އިންކާރު ނުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހޯދިފައިވާކަމަށް ބެލެވެއެވެ. ނަމަވެސް މިމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ގެންދިއުމުން ވަނީ މިކަމަށް އިންކާރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.