އެމްޑީޕީ ޕީޖީ ގްރޫޕްގެ އިތުބާރު މިނިސްޓަރ އަމީނަށް އޮތްކަމަށް ފާސްކޮށްފި

އެމްޑީޕީ ޕީޖީ ގްރޫޕްގެ އިތުބާރު މިނިސްޓަރ އަމީނަށް އޮތްކަމަށް ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
20 އޮކްޓޯބަރ 2020 04:07
0

ހެލްތު މިނިސްޓްރު ޢަބްދުﷲ އަމީންގެ އިތުބާރު އޮތްކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް އިން ފާސްކޮށްފިއެވެ.

ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރުންގެ ތާޢިދު އޮތްގޮތެއް ބެލުމަށް ހުށައެޅި މައްސަލާގައި 65 މެންބަރުންތިއްބަވާ ޕީޖީ ގްރޫޕްގައި އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 27 މެންބަރުންނެވެ. މި ކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވީ އެމްޑީޕީ ޕީޖީ ގުރޫޕުގެ 58 މެމްބަރުންނެވެ.

މިނިސްޓަރ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ތާޢީދު ނެތްކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމާފައިވާއިރު، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅޭނީ އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށައަޅާ ޕީޖީ ގްރޫޕުގެ ރުހުން ލިބިގެންނެވެ.

ކޯވީޑް-19އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުޢާމަލާތްތަކެއް ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީން ކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ތުހުމަތުކޮށްފައިވާތީ އެމައްސަލަ އޭސީސީން ވަނީ ތަޙްގީގްކޮށްފައެވެ. އަދި އެމައްސަލާގައި މިނިސްޓަރ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ދައުވާކުރާނެ ތަނެއް ނެތްކަމަށް ޕީޖީ ވަނީ ނިންމާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ މިމައްސަލާގައި ދައުވާކުރެވޭނެ މިންވަރާ ގާތަށްވެސް ހެކި ނެތްކަމަށެވެ. ޝަމީމް ވިދާޅުވީ އޭސީސީގެ ތަހުގީގީ ރިޕޯޓްގައިވެސް މިމައްސަލާގައި ދައުވާ ކުރެވެން ނެތެކަން ބަޔާންކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލައެއްގައި ޖިނާޢީދައުވާކުރަން ފޮނުވީތީ އެކަމާ ސުވާލު އުފައްދޭކަމަށް ޕީޖީ މިއަދު ވިދާޅުވެފައިވެއެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ގުޅުގެން މިނިސްޓަރ އަމީން ހުންނެވީ ތަޙްގީގް ނިމެންދެން އަމިއްލަފުޅަށް މަސްޢުލިއްޔަތުން އެކަހެރިވެވަޑައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.