އެއްވެސް އަސްލެއް ނެތް މައްސަލަތަކުގައި އިދިކޮޅު ލީޑަރުން ކޯޓަށް ދެމުމުގެ ބަދަލުގައި ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް އަވަސްކުރުން މާ މުހިންމުކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި ޢަބްދުއްރަހީމްގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެންކޯޓަށް ޙާޒިރުކުރުމުންނެވެ. ޢަބްދުއްރަހީމްގެ މައްޗަށް ކުރަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރި ކަމުގެ ދައުވާއެވެ.
ޝިޔާމް ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރުން މިފަދަ ރޯދަމަހުގެ ފަހު10ގައި އަސްލެއްނެތް ކަންކަމުގައި ކޯޓަށް ދަމާހަދާތީ ހިތާމަކުރާކަމެއްކަމަށާއި، ޤައުމުގެ ހުރި ބޮޑެތި މައްސަލަތައް އަވަސްކުރުން މާ މުހިންމުކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. ޢަބްދުއްރަޙީމްގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އުފުލޭނެ ދައުވާއެއް ނޫންކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރުން މިފަދަ ރޯދަމަހުގެ ފަހު10ގައި އަސްލެއްނެތް ކަންކަމުގައި ކޯޓަށް ދަމާހަދާތީ ހިތާމަކުރަން. ޤައުމުގެ ހުރި ބޮޑެތި މައްސަލަތައް އަވަސްކުރުން މާ މުހިންމުކަމަށް ދެކެން. ޢަބްދުއްރަޙީމްގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އުފުލޭނެ ދައުވާއެއް ނޫން.
– ޝިޔާމް
Progressive Congress Coalition ge Leaderun mihfadha Raodhamahehge fahu 10 gai aslehnei kankamugai courtah dhama hadhaathee hithaamakuran. Qaumuge huri bodethi massalathah avaskurun maa muhimmukamugai dheken. @Banafsaa ge mahchah ufulafaiva dhauwa akee ufuleyne dhauwa eh noon. pic.twitter.com/2vGxeKOUeP
— Ahmed Shiyam (@Shiyamaldives) May 10, 2021
ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲގެ މައްޗަށް ދަޢުވާކުރުމަށް ކުރިމިނަލް ކޯޓަށް ހުށައަޅަައިފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ އަބްދުއްރަހީމްގެ މައްޗަށް ދައުވާކުރަނީ ޤާނޫނުލް އުޤޫބާތުގެ 615 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުންކަމަށެވެ. އެމާއްދާގައި ވަނީ އާންމު މަޞްލަޙަތަށް ގެއްލުން ހުރި ޢަމަލުކުރުމުގެ ކުށްތަކެވެ. އެގޮތުން އެމާއްދާގެ ތިންވަނަ ނަންބަރުގައި ބުނެފައި ވަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައްކުރުރުމުގެ ކުށެވެ. އެއީ ޖުނަޙްގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. މިކުށުގެ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށް ލުމެވެ.
އަބްދުއްރަހީމްގެ މައްޗަށް މިދަޢުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވި ދުވަހު އެ ސަރަހައްދުގައި ހުރެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސް ބޭނުކޮށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ.
އެދުވަހު ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުންކޮށް، އިންޒާރު ދިން މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށައަޅާފައި ވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.
ކޮމެންޓު ފޮނުވާ