ބުރާސްފަތި ދުވަހުގެތޭ ރައީސް މުހައްމަދު ނަޝީދަށް ޓެރަރިސްޓް ހަމަލާ ދިނުމުގައި ބޭނުންކޯށްފައިވާ އައިއީޑީއާއި، ގޮއްވާލުމަށްފަހު އެމީހުންގެ ހަރަކާތްތައް ހުރިގޮތް ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން މިއަދު ބޭއްވި ޕްރެސްގައި ފުލުުހުން ވަނީ މިހާދިސާގައި ބޭނުންކޮށްފައިވާ އައިއީޑީވެސް ވަނީ ދައްކާލާފައެވެ. ފުލުހުން ވިދާޅުވީ މި އައިއީޑީ ގޮއްވާލާފައިވަނީ ރިމޯޓެއް ބޭނުންކޮށްކަމަށެވެ. އައި އައިއީޑީ ހަދާފައިވަނީ އާންމުކޮށް އޯޑަރުކޮށްގެންވެސް ލިބޭ ބައެއް އާލާތްތައް ބޭނުންކޮށްގެން ކަމަށާއި، އެގެ ތެރޭ ރޭޒާ ފުއްވެސް ހިމެނޭކަމަށެވެ.
މިއަދުގެ ޕްރެސްގައިވަނީ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރީ އެއްޗެއް ގޮއްވާލައި އެމަނިކުފާނަށް ނިރުބަވެރި ހަމަލާއެއް ދިނުމަށް އެތަނުގައި އަމަލީގޮތުން ހަރަކާތްތެރިވި މީހުންގެ ހުރިހާ ހަރަކާތެއް މާލޭގެ އެކި ސީސީޓީވީތަކުން ފުލުހުން ހޯދައި އާންމުކޮށްފައެވެ. އެގޮތުން ބޮންގޮއްވާލުމަށްފަހު މާލޭގެ އެކި ސަރަހައްދުތަކުގައި އެމީހުން ހިނގާފައިވާ ހަރަކާތްތެރިވި ވީޑިއޯވެސް ފުުލުހުން ވަނީ އާންމުކޮށްފައެވެ.
ފުލުުހުން ވިދާޅުވީ މިމީހުން މާލެ ތެރޭގައި އެރޭ ހަރަކާތްތެރިވިގޮތާއި، އެމީހުން ކުރި ފޯނުކޯލްތައް ދިރާސާކޮށް، އެކަންކަން ބަލަމުންދާކަމަށެވެ. އަދި މިކަމުގައި ޝާމިލުވާ މީހުން ދެނެގަނެ މީގައި ބައިވެރިވާ އެންމެން ތަހުގީގުގެ ކުރިމައްޗަށް ހާޒިރު ކުރުމަކީ ފުލުހުންގެ އެންމެބޮޑު އަމާޒުކަމަށެވެ.
ކޮމެންޓު ފޮނުވާ