މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ބޮން ގޮއްވާލިކަމަށް ތުހުމަތުކުރެވޭ މީހާ ސިފަ ބަދަލު ކުރުމަށް އެކި މަސައްކަތް ކޮށްފައިވާކަމަށް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ ފުލުހުންގެ ޕްރެސްގައި ސީޕީ ހަމީދު ވިދާޅުވީ މިމައްސަލާގައި ޝާމިލުވާ އެންމެ އިސްމީހާ ހައްޔަރު ކުރުމަށް މަސައްކަތްކޮށް އިއުލާން ކުރި ހިސާބުން އޭނާ ވަނީ ތުނބުޅިވެސް ތުނިކޮށް، ބޯވެސް ވަރަށް ބޮޑަށް ތުނިކޮށްފައިކަމަށެވެ. މިކަން ކުރިމަކަމުގެ ހެކިވެސް ފެންނަން ހުރިކަމަށް ސީޕީ ވިދާޅުވިއެވެ.
މިއަދުގެ ޕްރެސްގައި ވަނީ އޭނާ ބޮންގޮއްވާލި މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި އެއަށްފަހު މާލެ ތެރޭގައި އޭނާއާއި މިކަމުގައި ބައިވެރިވާ މީހުންގެ އަމަލުތައް ހުރިގޮތް ފުލުހުން ވަނީ ވީޑިއޯގެ ޒަރީއާއިން ދައްކާލާފައެވެ.
ސީޕީ ވިދާޅުވީ ހަމަލާ ދިނުމުގައި މިމީހުން ގެންގުޅުނު ސިމްތަކާއި، އެނޫންވެސް ގިނަ މައުލޫމާތުތަކެއް މިހާރު ލިބިފައިވާކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ އެމީހުންގެ ފޯންކޯލްތައް އަޑު އަހައި ގުޅާފައިވާ މީހުންނާއި، މިކަމުގައި ޝާމިލުވާ އިތުރު މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ކޮމެންޓު ފޮނުވާ