އުނގޫފާރު މަގުތަކަށް ނަލަކަން، މަސައްކަތް ނިމުމަކާއި ގާތަށް

އުނގޫފާރު މަގުތަކަށް ނަލަކަން، މަސައްކަތް ނިމުމަކާއި ގާތަށް

Author
މުޙައްމަދު ޝަޒައިމް
09 މެއި 2021 05:07
0

ރ.އުނގޫފާރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ 75 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

އެމަސައްކަތްއް ފަށާފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އުނގޫފާރު މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ވިދާޅުވީ މަގުހެދުމުގެ މަޝްރޫޢުގެ %75 މަސައްކަތް މިހާރު ނިންމާލާފައިވާކަމަށެވެ.އަދި ސަބްބޭސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތުގެ %77 ވަނީ ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އުނގޫފާރު މަގުހެދުމުގެ މަސައްކަތުގެ ދަށުން މަގުތަކުގައި ފެންހެދޭ ވަގުތުތަކުގައި ފެންހިދުމަށް ޚާއްސަ ނިޒާމެއް ޤާއިމްކުރުމާ މަގުބައްތިތައް ހަރުކޮށް މަގުތަކުގައި ދުވެލިމަތަ ހަރުކުރުމާއި ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުން ހިމެނެއެވެ.

30 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރުއޫގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ، 2019ވަނަ އަހަރުގެ ޖޫންމަހުގެ 12ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.