ބުރާސްފަތި ދުވަހުގެރޭ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރު ކުރެވުނު 3 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މިއަދު ބޭއްވި ޕްރެސްގައި ކަމިޝަނާ އޮފް ޕޮލިސް މުހައްދު ހަމީދު ވިދާޅުވީ ހއްޔަރު ކުރި މީހުންގެ ބަންދަށް މުއްދަތު ޖެހުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން، އެމީހުން ބަންދުގެ މުއްދަތު 15 ދުވަހަށް ޖަހައި ދީފައިވާކަމަށެވެ.
ދިޔަ ބުރާސްފަތި ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ބޮން ގޮއްވާލިކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ ވ.ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު އެވެ. އަދުހަމް ހައްޔަރުކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓް (95-ޖީ-02) އިންނެވެ.
މި މައްސަލައާއި ގުޅިގެން ފުރަތަމަ ފަހަރަށް ބަޔަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އިއްޔެ ހައްޔަރުކޮށްފައިވާ ދެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. ކުށުގެ ރެކޯޑްތައް އޮންނަ މީ ދެމީހުންގެ ތެރެއިން ތަހްމީން އަޙްމަދަކީ މި ހާދިސާގައި ބޮން ހަރުކޮށް ގޮއްވި ސައިކަލްގެ ވެރިފަރާތެވެ.
ކޮމެންޓު ފޮނުވާ