ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ދެއްކެވި ވާހަކަތަކުގެ ރާގު ބަދަލުވެއްޖެއެވެ.
2015 ވަނަ އަހަރު ފިނިފެންމާ ލޯންޗިކޮޅުގައި އެއްޗެއް ގޮއްވާލާ ދިން ހަމަލާއާއި ގުޅިގެން އެ ލޯންޗުން ދަތުރުކުރި ބައެއް ބޭފުޅުންނަށް އެކި ވަރުގެ އަނިޔާތައް ވެފައިވެއެވެ. އެންމެ ބޮޑު ޒަޚަމެއް ލިބިވަޑައިގަތީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއަށެވެ.
ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާއާއި ގުލިގެން އޭރުގެ އިދިކޮޅުގައި ތިެބެވި މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވަނީ، ދުވާލުގެ ވަގުތުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާންޖެހޭ ގައުމަކަށް ފަތުރުވެރިން ޒިޔާރަރްކުރައްވަން ބޭނުންތޯ ސުވާލުކުރައްވާފައެވެ.
Dear Tourist, Would you like to visit a country where armed military have to patrol the streets in broad daylight? pic.twitter.com/sneGWgObLl
— Mariya Didi ? (@MariyaDidi) October 13, 2015
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ވަނީ ވެފައެވެ. އެ ހަމަލާއާއި ގުޅިގެން ސިފައިން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ފޮރިމަރަމުންނެވެ. ސިފައިން ހަތިޔާރާއެކު ދުވާލާއި ރޭގަނޑު ފޯރިމަރަމުން އަންނައިރު، މިހާރުގެ ޑިފެންސް މިނިސްޓަރަރަކީ އޭރު ރއީިސް ޔާމީން ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފާޑުވިދާޅުވި އެއް ބޭފުޅާކަން ބައެއް ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު އަންނަނީ ރައީސް ޔާމީނަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން "ޖޯކު" ޖެއްސެވި ޕޯސްޓްތައް ދައުރުކުރަމުންނެވެ. އެގޮތުން މިނިސްޓަރ މާރިޔާގެ ޕޯސްޓްވެސް އަންނަނީ ދައުރުކުރަމުންނެވެ. އެކަމަނާގެ ޕޯސްޓަށް ގިނަބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.
މިއާއެކު މިނިސްޓަރ މާރިޔާ ވަނީ2015 ވަނަ އަހަރު ކުރެއްވި ޕޯސްޓް ދިފާޢުކުރައްވާ ތަފްސީލްކޮށްދެއްވާފައެވެ. އެގޮތުން އެ ޕޯސްޓް ތަފްސީލް ކޮށްދެއްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލައްވާފައި ނުވާނެކަމަށެވެ. މިނިސްތަރ ވިދާޅުވީ ދިރާސާތަކުން ދައްކާގޮތުގައި މިއަދު މުޖްތަމައު އޮތް ހާލަތު އޮތްގޮތުން ހަތިޔާރު އެޅި ސިފައިން މަގުތަކުގައި ތިބުމުން އާންމު ރައްޔިތުންނާއި، ފަތުރުވެރިންނަވެސް ރައްކާތެރިކަން ކަށަވަރުވާކަމަށެވެ.
Just to clarify, even in my 2015 tweet, there was no call to boycott tourism. Security is dynamic & ever changing to cater to the needs of the threat environment. In today’s threat environment, research shows locals as well as tourists feel safer with armed presence on streets. https://t.co/95klWrMhgF
— Mariya Didi ? (@MariyaDidi) May 9, 2021
މިނިސްޓަރ މާރިޔާގެ މި ޕޯސްޓާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އެކަމަނާއަކީ ޤައުމުގެ ދިފާޢީ ބާރު ހިންގެވުމަށް އެކަށީގެންވާ ބޭފުޅެއް ނޫންކަމަށް ބުނެ ފާޑުކިޔާފައެވެ. ކުރީގެ ރައީސް ޔާމީންނަށް އަމާޒުކޮށް ފިނިފެންމާ ލޯންޗުގައި ދިން ހަމަލާއާއި ގުޅިގެން އޭރުގެ އިދިކޮޅު އެމްޑީޕީގެ މެންބަރުން "ހަޖޫ"ޖަހައި ފާޑުކިޔާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުވި ހަމަލާއާއި ގުޅިގެން އެފަރާތްތަކުގެ ރާގު ވަނީ ބަދަލުވެފައެވެ.
ފިނިފެންމާ ލޯންޗުގައި ބޮމެއް ގޮވި ހާދިސާއަށް ހަދައިގެން ނެރުނު ކަހަލަ ލަވައެއް މިފަހަރު ނުނެރެން ތޯ ؟ ސައިކަލް ގޮއްވާ ސައިކަލް ގޮއްވާ ކަހަލަ ލަވައެއް ސަޅިވާނެ @Roxeyna @Imthiyazfahmy pic.twitter.com/HRnP6Abugr
— ބޮޑު ވަޒީރު އަހައްމަދު IndiaOut# (@RLc_Ahmed) May 7, 2021
މިރޭ ކުރިން ލިޔުނު ސްޓޭޓަސް އާއި ވިދިގެން އިތުރަށް ލިޔަން
މިއީ އިއްޒަތްތެރި ކަމަށް ގާނޫނު ބުނާ މެންބަރު @Roxeyna އެވެ. މިއީ ރައްޔިތުންގެ ތަނެއް ކަމަށް ކިޔާ މަޖިލީހުގައި އަޅުގަނޑު ތަމްސީލު ކުރާ މެންބަރެވެ
ރޮޒައިނާ އަކީ ކުރީގެ ރައީސް ޔާމީނުގެ ލޯންޗަށް pic.twitter.com/TYOP7Ywx8v
— Midhuam Saud(米渡)?? (@midh_am) May 6, 2021
މިއާއެކު ގިނަ ބަޔަކު އެ ޕޯސްޓްތައް ސޯޝަލް މީޑިއާގައި ދައުރުކޮށް އަންނަނީ ފާޑުކިޔަމުންނެވެ.
ކޮމެންޓު ފޮނުވާ