ބެންގަލޫރް އެފްސީގެ ފަރިތަކުރުންތަކުގެ ތެރެއިން، މުބާރާތް ފަސްކުރަން ޖެހުނީ ބެންގަލޫރް ޕްރޮޓޮކޯލް އާއި ހިލާފުވުމުން

މާލޭގައި ކުޅެން ހަމަޖެއްސި އޭއެފްސީ ކަޕުގެ މެޗުތައް ފަސްކޮށްފި

މާލޭގައި ކުޅެން ހަމަޖެއްސި އޭއެފްސީ ކަޕުގެ މެޗުތައް ފަސްކޮށްފި

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި މާލޭގައި ކުޅެން ހަމަޖެއްސި ގްރޫޕް ޑީގެ މެޗުތައް އޭއެފްސީން ފަސްކޮށްފިއެވެ.

މުބާރާތުގެ މެޗުތައް ފަސްކުރިކަން އެންގީ އޭއެފްސީން މިއަދު ނެރެނު ބަޔާނެއްގައެވެ. މީގެ އިތުރުން އެފްއޭއެމުންވެސް ވަނީ ގްރޫޕް ޑީގެ މެޗުތައް މިވަގުތު މާލޭގައި ކުޅެވެން ނެތްކަމަށް ކްލަބްތަކަށް އަންގާފައެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފަސްކުރަން އެފްއޭއެމުން އޭއެފްސީގައި އެދުނީ ޕްލޭއޮފް މެޗުގައި ވާދަކުރުމަށް މިވަގުތު ރާއްޖެ އައިސްތިބި އިންޑިއާގެ ބެންގަލޫރް އެފްސީގެ ކުޅުންތެރިން ޕްރޮޓޮކޯލް އާއި ހިލާފުވުމުންނެވެ. ބެންގަލޫރް އެފްސީގެ ބައެއް ކުޅުންތެރިން މާލޭގެ މަގުމަތީގައި އުޅުނު ފޮޓޯތަކެއް ބައެއް މީޑިއާތަކުން ހާމަކުރުމާއި ގުޅިގެން ޔޫތް މިނިސްޓަރ އަޙުމަދު މަހްލޫފް ވަނީ ބެންގަލޫރް ޓީމު އެނބުރި އިންޑިއާއަށް ފުރަން ތައްޔާރުވުމަށާއި، އަދި ގްރޫޕް ސްޓޭޖުގެ މެޗުތައް ފަސްކޮށްދިނުމަށް އޭއެފްސީގައި އެދުމަށް އެފްއޭއެމްއަށް އަންގާފައެވެ. އަދި އީގަލްސް އާއި ބެންގަލޫރް ވާދަކުރާ ޕްލޭއޮފް މެޗު މާލޭގައި މިވަގުތު ދެން ނުކުޅެވޭނެކަމަށް މަހްލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

އޭއެފްސީން ނެރުނު ބަޔާނުގައި ވަނީ މުބާރާތުގެ ޕްލޭއޮފުގައި ކުޅެން މި ވަގުތު ރާއްޖެ އައިސްފައިވާ ބެންގަލޫރުން އަމިއްލައަށް އެނބުރި ގައުމަށް ދިއުމުގެ ދަތުރުފަތުރުތައް ހަމަޖައްސަމުން އަންނަ ކަމަށާއި، އަދި މުބާރާތާ ގުޅިގެން މީގެ ކުރިން ރާއްޖެ އަންނަން ދަތުރުފަތުރު ހަމަޖައްސާފައިވާ ޓީމުތަކުން މި ހިނދުން ފެށިގެން އެ ދަތުރުތަކުގެ ކަންތައް ކެންސަލްކުރަން އަންގާފައެވެ.

ބެންގަލޫރުން އުސޫލާ ޚިލާފުވި މައްސަލަ ބޮޑުވެފައިވާއިރު އެ ޓީމުގެ ސީއީއޯ ޕާތު ޖިންދާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކުލަބުގެ ބިދޭސީ ތިން ކުޅުންތެރިންނާއި އޮފިޝަލުންގެ ކިބައިން ފެނުނު، ބަހަނާއެއް ދެއްކެން ނެތް އަމަލަށް ކުލަބުގެ ފަރާތުން މައާފަށް އެދޭ ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރަން އޭއެފްސީން ނިންމިއިރު، މީގެ ކުރިންވެސް އެފްއޭއެމުން ވަނީ މުބާރާތް ފަސްކުރަން މަޝްވަރާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *