ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ޢާންމުން ދިން މަޢުލޫމާތު ބޮޑު ދައުރެއް އަދާކުރި: ޢިމްރާން

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ޢާންމުން ދިން މަޢުލޫމާތު ބޮޑު ދައުރެއް އަދާކުރި: ޢިމްރާން

Author
މުޙައްމަދު ޖިމީ
09 މެއި 2021 12:44
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހު ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް ލިބުނު ބޮޑެތި ކުރިއެރުންތަކުގައި ރައްޔިތުން ފޯރުކޮށްދިން މަޢުލޫމާތު ބޮޑު ދައުރެއް އަދާކޮށްފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރައިސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވިކަމަށް ތުހުމަތުކުރާ 3 މީހަކު ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ބޮން ގޮއްވާލިކަމަށް ތުހުމަތުކުރާ މީހާވެސް ހިމެނެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު ހުޅުމާލެއިންނެވެ.

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގް ކުރިއަށް ދާގޮތާއި، ތަހުގީގްގަށް މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅުކަމަށެވެ މިހާތަނަށް ލިބުނު ކުރިއެރުމުގައި ގިނަ ފުލުހުންގެ ހުނަރުވެރި މަސައްކަތުގެ އިތުރަށް ރައްޔިތުން ފޯރުކޮށްދިން މަޢުލޫމާތު ބޮޑު ދައުރެއް އަދާކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރައިސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގް ކުރިއަށް ދާގޮތާއި ތަހުގީގްގަށް މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅު. މިހާތަނަށް ލިބުނު ކުރިއެރުމުގަ ގިނަ ފުލުހުންގެ ހުނަރުވެރި މަސައްކަތުގެ އިތުރަށް ރައްޔިތުން ފޯރުކޮށްދިން މަޢުލޫމާތު ބޮޑު ދައުރެއް އަދާކުރޭ.

– ޢިމްރާން ޢަބްދުﷲ

ރައިސް ނަޝީދަށް އަމާޒުކޮށް ދިން ހަމަޅާއާއި ގުޅޭ އެއްވެސް މަޢުލުޟާތެއް އޮތްނަމަ ފުލުހުންނާއި ހިއްސާކުރުމަށް ފުލުހުން ވަނީ ޚާއްޞަ ޕޯޓަލެއް އަދި މޯބައިލް ނަންބަރެއް ޢާންމުކޮށްފައެވެ. ފުލުހުން ވިދާޅުވީ، ހަމަލާއާއި ގުޅޭގޮތުން ގިނަ މަޢުލޫމާތުތަކެއް ޢާންމުންގެ ފަރާތުންވެސް ލިބެނުން އަންނަކަމަށެވެ.

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ޙަމަލާގައި ގޮއްވާލި އައިއީޑީން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ ހާމަކޮށްފައެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

މި ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހްމަތަކަށް ފަރުވާދިނުމަށް ގިނަ އޮޕރޭޝަންތަކެއް ކޮށްފައިވާކަން ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ. އަދި މިވަގުތުވެސް ރައީސް ނަޝީދު އޮންނެވީ އޭޑީކޭ ހޮސްޕިޓަލުގައިކަމަށާއި ޑޮކްޓަރުން ވަރަށް ކައިރިން ބައްލަވަމުން ގެންދަވާކަންވެސް ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.