ޗައިނާގެ ރޮކެޓްގެ ބައިތައް ވެއްޓިފައިވަނީ ރާއްޖޭގެ ސަރަހައްދަށް: ޗައިނާ

ޗައިނާގެ ރޮކެޓްގެ ބައިތައް ވެއްޓިފައިވަނީ ރާއްޖޭގެ ސަރަހައްދަށް: ޗައިނާ

Author
މުޙައްމަދު ޖިމީ
09 މެއި 2021 11:54
0

ޗައިނާއިން މިދިޔަ މަހު ޖައްވަށް ފޮނުވާލިބިޔަ ރޮކެޓް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓިފައިވާކަމަށް ޗައިނާއިން ބުނެފިއެވެ.

ލޯންގް މާޗް ބީ5 ވައި2 ރޮކެޓުގެ ނަމުން ނަންދީފައިވާ އެ ރޮކެޓް ޖައްވަށް ޗައިނާއިން ފޮނުވާލީ މިދިޔަ މަހުގެ29 ވަނަ ދުވަހުއެވެ. ޗައިނާގެ ސްޕޭސް ސްޓޭނަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ހޯދުމަށް ފޮނުވާލި އެ ރޮކެޓް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓިފައިވާކަމަށް ޗައިޏާއިން ބުނެއެވެ. އެ ރޮކެޓް ވެއްޓިފައިވަނީ ދ.އަތޮޅުގެ ސަރަހައްދަށްކަމަށްވެސް ޑޭޓާ ތަކުން ދައްކައެވެ. ނަމަވެސް ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން އަދި ވަކިއެއްޗެއް ހާމަނުކުރެއެވެ. ޗައިނާއިން ޖައްވަށް ފޮނުވާލި ބިޔަ ރޮކެޓްގެ ދިގު މިނުގައި 108 ފޫޓު އަދި ބަރުދަނުގައި 40،000 ޕައުންޑު ހުރެއެވެ.

ލޯންގް މާޗް ބީ5 ވައި2 ރޮކެޓުގެ ބައިތަކެއް މިދިޔަ އަހަރު އަިއވަރީ ކޯސްޓްގެ ސަރަހައްދަށްވެސް ވެއްޓިފައި ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތޫރަ
ޗައިނާގެ އެމްބެސެޑަރު ބޭރުކޮށްލާ.ތީ ބޮޑު ބިރެއް މިގައުމަށް.