ކޯވިޑްގައި އިތުރު މަރެއް، މިއީ 84 ވަނަ މަރު

ކޯވިޑްގައި އިތުރު މަރެއް، މިއީ 84 ވަނަ މަރު

Author
މުޙައްމަދު ޖިމީ
09 މެއި 2021 11:35
0

ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ 51 އަހަރުގެ ދިވެހި އަންހެނެކެވެ.

އެޗްޕީއޭއިން ބުނީ ނިޔާވެފައިވަނީ އައިޖީއެމްއެޗް އެމެޖެންސީ ރޫމަށް ރޭ ފަތިހު 04:45ހާއިރު ގެންދިޔަ މީހެއްކަމަށާއި، އެއީ ކޯވިޑް މަރެއްކަމަށް ކަނޑައަޅާފައިވާކަމަށެވެ. މިއީ މިބަލީގައި ޜާއްޖޭގައި ނިޔާވި84 ވަނަ މީހާއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އެންމެ ގިނަބަޔަކު މަރުވެފައިވަނީ މިމަހުގެ6ވަނަ ދުވަހުކަމަށެވެ. އެދުވަހު އެކަނިވެސް6 މީހަކު ނިޔާވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އެ48 ގަޑިއިރުގެ ތެރޭގައި9 މީހަކު ނިޔާވެފައިވެއެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ ނިމިދިޔަ ހަފްތާގައިކަމަށެވެ. ރާއްޖޭގައި ކޯވިޑް ޖެހިގެން ރެކޯޑް ޢަދަދަކަށް މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. އެގޮތުން8،640 މީހަކަށް މިވަގުތުވެސް ފަރުވާފެމުން އެބައާދެއެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 230 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.