ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ތަހުޤީގެއް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241)އިން ފަށައިފިއެވެ.
މިދިޔަ ބުރާސްފަތިދުވަހުގެރޭ ބޮމެއް ގޮއްވާލާ ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓްރެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭގައި ގެންދަވަނީ ފަރުވާ ދެއްވަމުންނެވެ. އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހްމަތަކަށް ފަރުވާދިނުމަށް ގިނަ އޮޕރޭޝަންތަކެއް ކޮށްފައިވާކަން އެޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމުން ވަނީ ހާމަކޮށްފައެވެ.

241 ކޮމެޓީން ބޭއްވި ސިއްރު ބައްދަލުވުމަށްފަހު އެ ކޮމެޓީން ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުން މަޖލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސަލާމަތީ ހިދުމަތްތަކުން ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދެމުންދަނިކޮށް ބުރާސްފަތިދުވަހުގެރޭ އެ ރައްކާތެރިކަން ބްރީޗްވީ ގޮތުގެ އިންކުއަރީއެއް ހެދުމަށް އެ ކޮމެޓީން ނިންމާފައިވާކަމަށެވެ. މީގެއިތުރުން ކޮމެޓީން ވަނީ ރައީސް ނަޝީދަށް ހަމަލާދިން މައްސަލަ ސީރިއަސް އަވަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކޮށްދިނުމަށް އެދިފައެވެ. މި މައްސަލާގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކތި ނައްތާލުމުގެ ކުރިން ހެކި ހޯދުމަށްވެސް އެ ކޮމޓީން ވަނީ ގޮވާލާފައެވެ. އަދި މި މައްސަލާގައި ބޭރުގެ މާހިރުނެގ އެހީ ހޯދުމަށް ސަލާމަތީ ހިދުމަތްތަކަށް އެކޮމެޓީން ވަނީ ލާފާދީފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މަޝްވަރާކުރުން pic.twitter.com/n5OSmSqGay
— People's Majlis (@mvpeoplesmajlis) May 8, 2021
ރައީސް ނަޝީދަށް ހަމަލާދީން މައްސަލާގައި ތަހުޤީގުތައް ފަށާ މި މައްސަލާގައި ތުހުމަތުކުރެވޭ 3 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި މި ބޮން ގޮއްވާލިކަމަށް ތުހުމަތުކުރެވޭ މީހާއާއި ބޮން ހަރުކޮށްފައި އޮތް ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ. މި މައްސަލާގައި ޝަމިލްވާ އެންމެން އިންސާފްުގެ ކުރިމައްޗަށް ގެންނަވާނެކަމަށް ސަލާމަތީ ބާރުތަކުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ