މީހުންގެ ލޭ ހުއްދަކުރާ މީހުންނާ ދެކޮޅަށް މުޅި ޤައުމު ތެދުވަންޖެހޭ: ވައްޑެ

މީހުންގެ ލޭ ހުއްދަކުރާ މީހުންނާ ދެކޮޅަށް މުޅި ޤައުމު ތެދުވަންޖެހޭ: ވައްޑެ

Author
މުޙައްމަދު ޝަޒައިމް
09 މެއި 2021 08:24
0

މީހުންގެ ލޭ ހުއްދަކުރާ މީހުންނާ ދެކޮޅަށް މުޅި ޤައުމު ތެދުވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއައި ގުޅިގެން ގިނަ ބަޔަކު ދަނީ މިކަމުގެ ކަންބޮޑުވުންފާޅުކޮށް، މިއަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަނުންނެވެ.

މިހަމަލާ މަޖިލިސް މެމްބަރުންނާއި، ވަޒީރުންނާއި، އާންމު ރައްޔިތުންވެސް ދަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ. މަޖިލިސް މެމްބަރުންގެ ތެރެއިން މިފަދަ ޓެރަރިޒަމްގެ ހަރަކާތްތަކާއި ދެކޮޅަށް ވަރަށް ގިނައިން މަޖިލީހުގައި ވާހަކަ ދައްކަވާ ވަހީދު ވިދާޅުވީ މުޅި މުޖުތަމަށް ނުރައްކާވާނޭ ގޮތަށް ފާޅުގައި މީހުންގެ ލޭ ހުއްދަކުރާ މީހުންނާއި ދެކޮޅަށް މިއަދު ދިބެހި ރައްޔިތުން ތެދުވެ، މިކަން މިޤައުމުން ހުއްޓުވަން ޖެހޭކަމަށެވެ. މިކަމުގެ ސަބަބުން މުޖުތަމައު ބައިބައިވެ ފިތުނަވެރިވުމަށް ޖާގަދޭކަމަށް ވަހީދު ވިދާޅުވިއެވެ.

ރުޅިއާއި ނަފުރަތު މުޖްތަމަޢުގައި ފަތުރައި، މީހުންގެ ލޭ ހުއްދަކުރާ މީހުންނާ ދެކޮޅަށް މުޅި ޤައުމު ތެދުވަންޖެހޭ!

– ވަހީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް ގެންދަވަނީ މިހާރުވެސް އޭޑީކޭގައި ފަރުވާދެމުންނެވެ. ހާލުކޮޅު ރަނގަޅުވަމުން އައިނަމެސް އެމަނިކުފާނު އެކީ ރަނގަޅުވާން ގިނަ ދުވަސް ނަގާނެކަމަށް ޑޮކްޓަރުންވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ ހަށިގަނޑުގެ އެކި ތަންތަން ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، އެމަނިކުފާނުގެ ފުރާނަޔަށް ނުރައްކާނުވީ ހަމަ ކިރިޔާކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

މިހަމަލާއި ގުޅިގެން އެމަނިކުފާނު ހޭއެރުމަށްފަހު ވަނީ އާއިލާގެ ބޭފުޅުންނާއި ހޮސްޕިޓަލުގައި ވާހަކަ ދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ހުރިހާ ބޭފުޅުންވެސް ހިތްވަރު ކުރެއްވުމަށާއި، އެނބުރި އަންނަނީ އަދި މާ ގަދަކޮށް ކަމަށެވެ. އަދި މިހާރު ހާލަތު ރަނގަޅުކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ފުލުހުން ވަނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅުންހުރި 2 މީހަކު ހައްޔަރުކޮށް އިތުރު މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Birubodu
މައުމޫނު އަވަހާރަ ކޮށްލާށާއި ޔާމީނު އަވަހާރަ ކޮށްލަން ބޮންގޮއްވީމާ އެމްޑީޕީ އަށްނިސްބައިވާމީހުން މަޖުލިސްގައާއި މަޖްލިސްބޭރުގައި ނަށާމަޖާކޮށް ފުރަށްސާރަ ތަށް ކުރިހަނދާން މިހާރު ހަނދުމަނެތީތޯ؟މިހާރުދެން ކޮންވާހަކައެއް ެއންޑީޕީމީހުން ދަށްކާކަށް ވަރަށްސާފް އިނގޭތޯ
T Tajuribaakaaru
Laadheenee meehunnaa dhekolhah thedhuviyyaa maa thaahirehnu... Emyhunge sumpaa kamun mihirihaa kameh mijeheny..
ޯ ޯމަަގު
Adhives maithirinuvaathi kohgadaehkoh aadheveynee thimaa hehdhevi faraay hadhumakohbala.