ލީގުގައި މިރޭބޮރޫޝިއާ މުންޗެންގްލަޑްބެކާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ބަޔާންގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ބަޔާން މިއުނިކުން ލީގު ކާމިޔާބުކޮށްފި

ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ބަޔާން މިއުނިކުން ލީގު ކާމިޔާބުކޮށްފި

ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ޖަރުމަނު ބުންޑަސް ލީގުގެ ޗެމްޕިއަންކަން ބަޔާން މިއުނިކަށް ކަށަވަރުވެއްޖެއެވެ.

ބަޔާންއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ ޖަރުމަނު ލީގުގައި މިރޭ ދެވަނައިގައި އޮތް އާރުބީ ލައިޕްޒިގުން ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުން ލައިޕްޒިގް ބަލިވުމުންނެވެ. ރަށުން ބޭރުގައި ލައިޕްޒިގުން ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ބަލިވީ 2-3 އިންނެވެ.

ލީގު ޗެމްޕިއަންކަން ކަށަވަރުވި ފަހުން ޖަރުމަނު ލީގުގައި މިރޭ މުންޗެންގްލަޑްބެކާ ވާދަކޮށް ބަޔާނުން ވަނީ 6-0 އިން މެޗު ކާމިޔާބުކޮށްފައެވެ. ބާކީ ދެ މެޗު އޮއްވައި ބަޔާނުން ލީގު ކަށަވަރުކުރީ 32 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި މިރޭ މުންޗެންގްލަޑްބެކާ ދެކޮޅަށް ކުޅުނު މެޗު ފަށައިގެން ދެވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ރޮބާޓް ލެވަންޑޯސްކީއެވެ. އަދި 23 ވަނަ މިނެޓުގައި ތޯމަސް މުލާ ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މީގެ އިތުރުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާނުން ވަނީ އިތުރު 2 ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 34 ވަނަ މިނެޓުގައި ލެވަންޑޮސްކީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރިއިރު، 44 ވަނަ މިނެޓުގައި ކިންގްސްލީ ކޯމަން ވަނީ ބަޔާންގެ 4 ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފް ފަށައިގެން 65 ވަނަ މިނެޓުގައި ރޮބަޓް ލެވަންޑޯސްކީ ވަނީ އޭނާގެ 3 ވަނަ ލަނޑު މި މެޗުގައި ޖަހާ ހެޓްރިކް ހަދާފައެވެ. ބަޔާނުން މި މެޗުގައި ޖެހި ހަ ވަނަ ލަނޑު 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލެރޯއީ ސާނޭއެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 32 މެޗުން ލިބުނު 74 ޕޮއިންޓާއެކު ބަޔާން އޮތީ ލީގުގެ އެއްވަނައިިގައެވެ. ދެވަނައިގައި ދެ ވަނައިގައި އޮތް ލައިޕްޒިގަށް 32 މެޗުން 64 ޕޮއިންޓް ވަނީ ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *