ފުލުހުންގެ މަސައްކަތަށް ރައީސް މައުމޫންގެ ތަޢުރީފް

ފުލުހުންގެ މަސައްކަތަށް ރައީސް މައުމޫންގެ ތަޢުރީފް

Author
މުޙައްމަދު ޝަޒައިމް
09 މެއި 2021 09:55
0

ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަހިގީގަށް ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ތަޢުރީފް ކުރައްވައިފިއެވެ.

މިދިޔަ ބްރާސްފަތި ދުވަހުގެރޭ ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން ޤައުމީ ސަލާމަތީ ބާރުން ވަނީ ގުޅިގެން ޙާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. އޮޕަރޭޝަންގެ ތަހުގީގުގެ ބައި ކުރިއަށް ގެންދަނީ ދިވެހި ފުލުހުންނެވެ. ފުލުހުންގެ ތަހުގީގުގައި މިހާތަނަށް ވަނީ ދެ މީހަކު ހައްޔަރުކޮށް، އެކަކު ހޯދަން އާންމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ.

މިހާދިސާއާއި ގުޅިގެން ފުލުނުންގެ އޮޕަރޭޝަނަށް ތައުރީފް ކުރައްވައި ރައީސް މައުމޫން ވިދާޅުވީ ފުލުހުންެގ ވާޖިބު އަދާކުރުމުގައި ފުރިހަމަ ނަމޫނާ ދައްކަވަމުންދާކަމަށެވެ. އަދި ރާއްޖެއިން ޓެރަރިޒަމްގެ ނުރައްކާތެރިކަން ނައްތާލުމަށް ކުރައްވާ މަސައްކަތުގައި ކާމިޔާބީ ލިބިގެންދާނެކަމަސް ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމަނަކީ މިހަމަލާ އެންމެ ފުރަތަމަ ކުށްވެރި ކުރެއްވި ސިޔާސީ ލީޑަރެވެ. އެރޭގެ ހާދިސާ ހިނގައިދިޔަތާ ކުޑަ އިރުކޮޅެއް ތެރޭ ރައީސް މައުމޫންވަނީ މިއަމަލު ހަރުކަށި އިބާރާތުން ކުށެވެރި ކުރައްވައި މިކަމުގައި ޝާމިލުވާ މީހުންނަށް ހައްގު އަބަދު ދިނުމަށް ގޮވާލާފައެވެ.

ފުލުހުން ވަނީ އިއްޔެ ވަގުތެއްގައި ހައްޔަރުކުރި ދެ މީހުންގެ ވަނަވަރުވެސް އާންމުކޮށްފައެވެ. ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އެވެ. އެ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރެއިން ތަހުމީން އަލީ އަލީ ހަމަލާގައި ގޮއްވާލި ސައިކަލުގެ ވެރިމީހާ އެވެ.

މީގެ އިތުރުން ފުލުހުން ވަނީ ހަމަލާއާ ގުޅިގެން ހޯދަން ބޭނުންވާ އިތުރު މީހެއްގެ މައުލޫމާތުވެސް އާންމުކޮށްފައެވެ. ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭގެ ހަމަލާއާ ގުޅިގެން އެންމެ ބޮޑަށް ހޯދަން ބޭނުންވާ އެކަކީ މިއީ ކަަމަށެވެ. ނަމަވެސް އެމީހާގެ ވަނަވަރު މިހާތަނަށް ދެނެގެވިފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެމީހާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހަށް ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.