ވަރަށް ޒުވާން ޢުމުރުގެ މީހުންވެސް ކޯވިޑަށް ޕޮޒިޓިވެ އެޑްމިޓްކޮށްގެން އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ބުނެފިއެވެ.
ހެލަތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދާ ޕްރެސްކޮންފަރެންސްގައި ޓެގް ޓީމްގެ ޑޮކްޓަރ އަޙްމަދު ޝަހީދު ވިދާޅުވީ، ކޯވިޑަށް ޕޮޒިޓިވްވެ ފަރުވާ ދެންޖެހޭ މީހުންގެ ޢަދަދު އިތުވެ ގިނަ ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިފައިވާކަމަށާއި، އެގޮތުން ޢުމުރުން ދުވަސްވީ މީހުންގެ އިތުރުން ވަރަށް ޒުވާން ޢުމުރުގެ މީހުންވެސް އައިސީޔޫގައި ފަރުވާ ދެމުން އަންނަކަމަށެވެ. އެގޮތުން ޢުމުރުން 26 އަހަރުގެ މީހުންނާއި، ޢުމުރުން36 އަހަރު އަދި37 އަހަރުގެ މީހުންވެސް ހޮސްޕިޓަލުގައި އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.
ޑޮކްޓަރ ޝަހީދު ވިދާޅުވީ މާބަނޑު މީހުންނަކީ ކޯވިޑްގައި ހައިރިސްކު ބައެއްކަމަށާއި، މިވަގުތުވެސް މާބަނޑު ދެމީހަކަށް ޑީއެޗް11 އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށެވެ.
އެޗްޕީއޭއިން އެންމެ ފަހުން ޢާމްުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިވަގުތުވެސް 230 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި އެކްޓިވް ކޭސް ނުވަތަ ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދުވެސް 8،640އަށް އަރައެވެ.
ކޮމެންޓު ފޮނުވާ