ބްރާސްފަތި ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ދިން ހަމަލާއެއް ކަމަށް ކަމަޝަނަ އޮޕް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ މިހަމަލާގައި މިހާތަނަށް ހޯދުނު ހޯދުންތަކުން ހައްޔަރު ކުރެވުނު ދެ މީހުންނަކީވެސް ހަރުކަށި ފިކުރަށް ނިސްބަތްވާ ދެމީހުންކަން އެނގިފައިވާކަމަށެވެ. ނަމަވެސް މިދެމީހުން ނިސްބަތްވަނީ ކޮން ޖަމައާއަތަކަށް ކަމެއް އަދި ސާފު ނުވާކަމަށެވެ.
ސީޕީ ވިދާޅުވީ މިދެމީހުންނަކީ ތަފާތުއެކި ކުށުގެ ރެކޯޑު އޮތް މީހުންކަމަށެވެ. މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވާ މީހުންނާމެދު ޖިނާޢީ ދަޢުވާކުރެވޭވަރުގެ ހެކި އެބަހުރިކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލާގައި ފުލުހުން ވަނަވަރު ޢާއްމުކޮށްފައިވާ ދެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޫޅުމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. މިދެމީހުންނަކީވެސް ކުށުގެ ރެކޯޑު އޮންނަ ދެމީހުންކަމަށް ފުލުހުން ވިދާޅުވުއެވެ. މިދެމީހުންގެ އިތުރުން މިމައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދާ އެންމެ މުހިންމު މާހާ ފެންނަ ސީސީޓީވީ ފުޓޭޖެއްވެސް ފުލުހުންވަނީ ޢާއްމުކޮށްފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންވަނީ ރައީސް ނަޝީދަށް ޙަމަލާދިނުމަށް ބޮންގޮއްވާލި މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުވެސް ދައްކާފައެވެ. ފުލުހުންވަނީ އެވަގުތު އެތަނުގައި ތިބިމީހުންނާއި އެމަންޒަފު ފެނުނު މީހުން، އެމީހުންނަށް ލިބިފައިވާ މަޢުލުމާތައި ފެނުނުމަންޒު ފުލުހުންނާ ޙިއްސާކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ